Advertisement

މަސްޖިދުލްހަރާމް --

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ހުއްދަ ނެތް ދެކުންފުންޏަކުން މީހުން އުމުރާއަށް ގެންދަން ފައިސާ ނަގަނީ

ރާއްޖެއިން މީހުން ޢުމުރާއަށް ގެންދިއުމުގެ ހުއްދަ ދީފައި ނުވާ ކުންފުންޏަކުން އުމުރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާއްމުންނަށް އިލްތިމާސްކޮށްފިއެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަލް މަޝްޢަރު ހައްޖު އުމްރާ ކުންފުންޏާއި، ވަޑި ހައްޖު އެންޑް އުމްރާ ކުންފުންޏަކީ، ރާއްޖެއިން މީހުން ހައްޖާއި އުމުރާއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ދެކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް އެ ދެ ކުންފުނިން، މީހުން އުމުރާއަށް ގެންދާނެކަމަށް ބުނެ ޢިއުލާނުކޮށް އަދި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް މީހުންގެ އަތުން ފައިސާ ނަގަމުންދާކަން އެމިނިސްޓްރީއަށް އެނގިފައިވާ ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީން ބުނީ، މީހުން ހައްޖާއި އުމުރާއަށްގެންދިޔުމަށް އެމިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް އެމިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެ ކަމަށެވެ.

ރާއްޖެއިން މީހުން ހައްޖަށާއި އުމުރާއަށް ގެންދިޔުމުގައި ބައެއް ކުންފުނިތަކުން މަކަރާއި ހީލަތް ހެދި މައްސަަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.