Advertisement

އިންޑިގޯ ފްލައިޓެއް ވެލާނާ އެއާޕޯޓުގައި --

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފްލައިޓް ޖެއްސުން ޑިލޭވާނެކަން އިއުލާނު ކުރުމުން އިންޑިއާ މީހަކު ޕައިލެޓަށް ހަމަލާދީފި

ފްލައިޓް ލޭންޑް ކުރުން ޑިލޭވާނެކަން، އިއުލާނު ކުރުމުން ފްލައިޓްގެ ފަސިންޖަރެއްގެ ގޮތުގައި ހުރި އިންޑިއާ މީހަކު ޕައިލެޓަށް ހަމަލާދީފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އެއާލައިނެއްކަމަށްވާ، އިންޑިއގޯގެ ފްލައިޓެއް ވައިގެ ތެރޭގައި އޮއްވައެވެ. އެވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިގޯގެ ފްލައިޓް ލޭންޑުކުރުން ކޮންމެވެސް ސަބަބަކާއި ހުރެ ޑިލޭވެއްޖެކަން އިޢުލާނުކުރަނީ، ކޮކްޕިޓުން ނުކުމެ ކޯ ޕައިލެޓެވެ. އެވަގުތު އިންޑިއާގެ ޒުވާން ފިރިހެނަކު ވަނީ، ފުންމައިގެން ގޮސް ޕައިލެޓްގެ މޫނު މަތީގައި ޖަހާފައެވެ. އަދި ހިންދީ ބަހުން، ފްލައިޓް ދުއްވަންޏާ ދުއްވާށޭ، ނުދުއްވަންޏާ ނުދުއްވާށޭ ބުނެއެވެ. 

އަަދި ޕައިލެޓްގައި ޖެހުމުން ފްލައިޓްގައި ދެންތިބި މީހުން އޭނާ ދުރުކޮށްގެން ޝީޓަށް ގެންދިޔުމުން، ގޮނޑީގައި އިނދެ އިނދެ މޮޔަވާވަރުވެއްޖެއޭ ހިންދީބަހުން އޭނާ ބުނާ އަޑުއިވެއެވެ.

ދައުރުވަމުންދާ ވީޑިއޯ، ސޯޝަލްމީޑިއާއަށް ދޫކޮށްލާފައިވަނީ، ގަލްފް ނިއުސްއަށް ކޮލަމް ލިޔުއްވާ އިންޑިއާގެ ޕްރޮފެސަރެއް ކަމުގައިވާ، އަޝޯކް ސްވައިންއެވެ. އޭނާއަކީ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ އާއްމުކުރެއްވި ވީޑިއޯގައި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ހިމަނުއްވާފައެއް ނުވެއެވެ.

އިންޑިގޯ ފްލައިޓްގައި އިންޑިއާ ފަސިންޖަރުން ޕައިލޮޓްއަށް ހަމަލާދިނުން --

އިންޑިއާގެ އެއާލައިންތަކުގެ މަތިންދާ ބޯޓުތަކުގެ ތެރޭގައި ފަސިންޖަރުން މާރާމާރީ ހިންގުމަކީ އާއްމު ކަމަކަށްވެފައި އޮންނަކަމެވެ.

ބައިނަލްއަޤުވާނީ ވައިގެ ދަތުރުފަތުރާއި ބެހޭ ޤާނޫނުތަކުގައި ވާގޮތުންނައި، ޤައުމުތަކުން އަމަލުކުރާ އެޤައުމުތަކުގެ ޤާނޫނު ތަކުގައިވެސް، ފްލައިޓުގެ ކުރޫންނަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމާއި މާރާމާރީ ހިންގުމާއި، ނުވަތަ ބިރު ދެއްކުމަކީ، ޖަލު ހުކުމްތައް ކަނޑައެޅިފައި އޮންނަ ބޮޑެތިކުށްކުށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.