Advertisement

މާލޭ ސިޓީ މޭޔަރު ހޮވުމުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭނުގެ ތެރެއިން ---

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އިތުރު 10 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށައެޅުއްވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިތުރު 10 މެމްބަރަކަށް ޕްރައިމަރީއާ ނުލައި ޕާޓީ ޓިކެޓް ކަށަވަރު ވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ލިިބިވަޑައިގެންނެވި ބޭފުޅުންނަކީ؛

1- ކަނޑިތީމު ދާއިރާ - އަމީން ފައިސަލް / ދޫރެސް، ށ. ކަނޑިތީމު

2- އިނގުރައިދޫ ދާއިރާ - ސަލީމް ޙުސައިން / ނިޔާމަ، ރ.ކިނޮޅަސް

3- ކުރެންދޫ ދާއިރާ - ޢަލީ ނިޔާޒް / ހުޅުމާލެ ފްލެޓް 04-2-101

4- ހުރާ ދާއިރާ - ޝާޠިރު ޢަބްދުއްރަޙްމާން / ބޯގަންވިލާ، ދ.ކުޑަހުވަދޫ

5- ދަނގެތީ ދާއިރާ - ރުޤިއްޔާ މުޙައްމަދު / ދޭލިޔާގެ / ޅ. ހިންނަވަރު

6- މުލަކުދާއިރާ - މޫސާ ޝިޔާމް ޢަބުދުﷲ ޢަލީ / މ.ތްރީއޭވިލާ، މާލެ

7- ގަމު ދާއިރާ - ޢަބްދުﷲ ޝަރީފް / ސޯސަންވިލާ، މުކުރިމަގު، ލ.ގަން

8- ގެމަނަފުށި ދާއިރާ - އަޙްމަދު ސަޢީދު / ސައިމާގެ، ގއ. ދެއްވަދޫ

9- ގައްދޫ ދާއިރާ - އަޙްމަދު ސަޢީދު މުހައްމަދު / މައިފޫނާ، ގދ.ވާދޫ

10- ހެންވޭރު އުތުރުދާއިރާ - އިބްރާހީމް މުޢިއްޒު / ހ.މިސްޓީނައިޓް، މާލެ

މީގެ ކުރިން އެމްޑީޕީން ވަނީ އެންމެ މެމްބަރަކު ޝައުޤުވެރިކަން ފާޅުކުރި ދާއިރާތަކުގެ ތެރެއިން 36 ދާއިރާއެއްގައި ޕްރައިމަރީ ނުބޭއްވުމަށް ނިންމައި އެބޭފުޅުންނަށް ޓިކެޓް ދިނުމަށް ނިންމާފައެވެ. އެންމެ ފަހުން ޓިކެޓް މި ދިން 10 ބޭފުޅުންނާއި އެކު މިހާރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ހުށައެޅުއްވި މެމްބަރުންގެ ތެރެއިން ޖުމުލަ 46 މެމްބަރަކަށް ޕްރައިމަރީއަކާއި ނުލައި މިވަނީ ޓިކެޓް ލިބިފައެވެ.

އެމްޑީޕީގެ ފަރާތުން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީގެ ވޯޓު ނެގުން އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ، މިއަހަރުގެ މާރިޗުމަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.