Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިރާއްޖެއާ ޗއިނާގެ ގުޅުމަކީ ނަމޫނާ ގުޅުމެއް: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްވި ނޫސްބަޔާނުގައެވެ.

ދިވެހިރާއްޖެއަ ޗައިނާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ، ރާއްޖެއަށް އިޙްތިރާމް ކުރާ ޤައުމެއް ކަމަށާއި، އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވާ ޤައުމެއް ނޫންކަމުގައި ވިދާޅުވިއެވެ. މިގޮތުން ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން ބިނާވެފައި އޮތީ މައިގަނޑު، 4 އަސާސެއްގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ޤައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ، މައިގަނޑު ހަތަރު ޕްރިންސިޕަލެއް ނުވަތަ އަސާސެއްގެ މައްޗަށްް ކަމަށާއި، އެ އަސާސްތަކަކީ. ނިއުޓްރަލް ރެސްޕެކްޓް، ސޮވްރިންގ އިކުއަލިޓީ، ޓެރިޓޯރިއަލް އިންޓެގްރިޓީ، ނަން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ބާއްވާ ގުޅުންތައް ބިނާވެފައި އޮންނާނީ މި ހަތަރު އަސާސްގެ މައްޗަށް ކަމުގައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޗައިނާއާއި ރާއްޖެއާ ދޭތެރޭގައި މި އޮންނަ ގާތް ގުޅުމަކީ، ވަރަށް ނަމޫނާ ގުޅުމެކޭ. ޙަޤީޤަތުގައި އިއްޔެއަކު މިއަދަކު އުފެދުނު ގުޅުމެއް ނޫން. ޒަމާންވީ ގުޅުމެއް. އެތައް ސަތޭކަ އަހަރެއްވީ ގުޅުމެއް ޙަޤީޤަތުގައި. ސިޔާސީ ގުޅުން އުފެދުނު ފަހުން ގުޅުން ވަރުގަދަވެގެން ގޮސްފައިވޭ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގެން ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ނޫސް ބަޔާނުގައި ވަނީ، އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި ރާއްޖެއިން އިންޑިއާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް އެފަދަ ދާއިރާތަކުން އެޅުއްވުމަށް ސަރުކާރުން ކުރެއްވުމަށް ރާވާފައިވާ ބައެއް ކަންކަމާއި ގުޅޭ މައުލޫމާތުވެސް އެމަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.