Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް --

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރިންވެސް ޑރ. މުއިއްޒަށް މާލޭގެ މޭޔަރުކަން ލިބުނީ މުޢިއްޒުއަށް ތާއީދެއް އޮވެގެނެއް ނޫން: ފައްޔާޒު

މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި، ޑރ. މުއިއްޒަށް ކުރިން މާލޭގެ މޭޔަރުގެ މަޤާމަށް ވަޑައިގެންނެވުނީވެސް އަދި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގެންނެވުނީވެސް އެމަނިކުފާނަށް އޮތް ތާއީދުގެ ސަބަބުން ނޫންކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމު އެމްޑީޕީއަށް ކާމިޔާބުވުމާއި ގުޅިގެން މިރޭ ބޭއްވި އެއްވުމަށްފަހުގައި، ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮޑި ދޫކޮށްލައްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގެންނެވިތާ، ދެމަސްވެސް ނުވަނީސް އެމަނިކުފާނުގެ ޕާޓިއަށް އަދި އެމަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ. އަދި މީގެ 58 ދުވަސްކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި މަޤާމު އެމަނިކުފާނުގެ ޕާޓީއަށް ކާމިޔާބު ނުކުރެވުމަކީ، ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަންނަވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ފައްޔާޒު ވިދާޅުވީ މީގެ 2 އަހަރު ކުރިން ބޭއްވި މާލޭ ސިޓީކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއަށް މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުނީވެސް އަދި، ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުނީވެސް ޕާޓީގެ އެތެރޭގައި ހިނގަމުން އައި ދެބަސްވުންތަކުގެ ސަބަބުން ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިމަތިވިއިރު، ރައީސް ނަޝީދު ހުންނެވީ ސަރުކާރާއި ދެކޮޅަށެވެ. އަދި ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުމުގެ ސަބަބުން އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާން ނުވެސް ނުކުމެއެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި އުފެދިފައި އޮތް ބައިބައިވުމުގެ ތެރެއިން، ވެގެންދިޔަ ކަމެއް. އޭރު އަޅުގަނޑުމެންގެ ކެންޑިޑޭޓަކަށް ނިކުންނަވާފައި ހުންނެވީ އަނަސް. އަނަސްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އޭރު ކަންތައް ދިޔަ ގޮތް. އަޅުގަނޑުމެން އޭރު ތިބީކީ ޕާޓީގެ އިސް ސަފުގައެއް ނޫން. އަޅުގަނޑުމެން ތިބީ ސަރުކާރުގައި. ދެން އައިސް ރިޔާސީ އިންތިޚާބުވެސް އަޅުގަނޑުމެންނަށް ހަމަ ޙަޤީޤަތުގައިވެސް ގެއްލިގެން ދިޔުމުގެ މައިގަނޑު އެއްސަބަބަކީ، އެ އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން. އަޅުގަނޑުމެންގެ ތެރެއިން. އަޅުގަނޑު ޤަބޫލު ކުރާ ގޮތުން އަނެއްކާވެސް، މުއިއްޒު ރައީސް ކަމަށް ހޮވުނީކީއެއް ނޫން. އަޅުގަނޑުމެންގެ އެމްޑީޕީގެ ފިކުރުގައި އޮތް ބައިބައިވުމާއި އެކު އަދި ރައީސް ޔާމީނަށް އޮތް ތާއީދަކުން ހޮވިވަޑައިގެންނެވި ބޭފުޅެއް."

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް --

ފައްޔާޒު ވިދާލުވީ، ކައުންސިލްތަކުގައި ސަރުކާރުގެ މެމްބަރަކު ނެތި ކަންކަން ނުކުރެވޭނެ ކަމުގައި ސަރުކާރުން ބުންޏަސް އެއީ އެހެން ހިނގާ ކަމެއް ނޫންކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި ވަރަށް ސާފުކޮށް އެކަން ދައްކައިދީފައި ވާނެ ކަމަށާއި، އެމްޑީޕީއަށް ނިސްބަތް ނުވާ ކައުންސިލަރުން ތިބި ކައުންސިލްތަކަށްވެސް ވަރަށް މިނިވަންކަމާއިއެކު މަސައްކަތް ކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ފުރުޞަތު ދިންކަމަށެވެ.

މާލޭ ސިޓީކައުންސިލްގެ ބައި އިލެކްޝަންގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަކީ ސުވާލު އުފެދޭވަރުގެ ކަމެއް ނޫންކަމުގައި އެމްޑީޕީގެ އިސްބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެކަށައަޅައި ކައުންސިލްތައް އިންތިޚާބުކުރަން ފެށީސުރެ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ފިޔަވައި ހުރިހާ އިންތިޚާބެއްގައިވެސް މާލޭގެ މެޖޯރިޓީއާ މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމުގެ ގޮނޑިވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.