Advertisement

ޢަބުދުﷲ ޝާހިދު ---

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީ ނުކުމެ މިދުއްވައިގަތީ މައިތިރި ނުވާވަރަށް ބާރަށް: ޝާހިދު

މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރުމަށްފަހު އެމްޑީޕީން ސިޔާސީ ގޮތުން ދުއްވައި ގަންނަނީ، މައިތިނުކުރެވޭނެ ވަރަށް ބާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމުގެ އުފާ ފާޅުކުރުމަށް އެމްޑީޕީން މިރޭ ސަލްޓަންޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، މާލެ ކާމިޔާބު ކުރުމަށްފަހު ދެން އެމްޑީޕީން އެ ނުކުންނަނީ އަތޮޅުތައް ކާމިޔާބު ކުރުަމަށް ކަމަށެވެ. 

"ވެއްޓޭ ވަރަށް ވުރެ ބާރަށް، އަޅުގަނޑުމެން ތެދުވެ ދުއްވައިގަންނާނީ. އެއީ މިފެންނަ ތަނަކީ، 58 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މުއިއްޒަށް މިދެންނެވީ، ބޮޑު ފުރަމާލެއިން މިބުނީ މަނިކުފާނުއޭ، މަނިކުފާނުގެ ސިޔާސަތުތައް ކަމަކު ނުދެޔޭ، ޤަބޫލެއް ނުކުރަމޭ، ތިޔައީ ގޯހެކޭ."

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދު --

ޢަބުދުﷲ ޝާހިދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ހިނގަމުން ދަނިކޮށް ރައީސް ޑރ. މުޢިއްޒު ޗައިނާއިން ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ދޭން ބުނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ހައްޤު މިންވަރަކީ، ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ނޫންކަމަށާާއި، މާލޭ ރައްޔިތުންނަށް ހައްޤު މިންވަރަކީ، ރައީސް ޞާލިޙްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯތިތަކާއި، ފްލެޓްތައް އެރައްޔިތުންނަށް ލިބުންކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.