Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ތަންފެންނާނެ: ރައީސް ޞާލިޙް

މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ތަން ފެނުން އޮތީ ވަރަށް ކައިރީގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުވުމުގެ އުފާފާޅުކުރުމަށް މިރޭ މާލޭޭ ސަލްޓަންޕާކުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ، މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް އާޒިމާއި ބައްދަލު ކުރައްވައި މަރުޚަބާ ވިދާޅުވެފައެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނާއި މުޚާތަބު ކުަރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައި އަދި، ރައްޔިތުންގެ ހިއްތަކުގައި ނަފްރަތު އުފައްދައިގެން ކަމަށެވެ. އަދި މިއަދުވެސް އެމަނިކުފާނު ކުރައްވަމުން އެގެންދަވަނީ އެކަން ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުން މިއަދު (ސަރުކާރަށް) މެސެޖެއްދީފި. &71 މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެމަސް ނުވަނީސް މާލޭގެ ރައްޔިތުން މިސަރުކާރަށް ނޫނެކޭ އެބުނީ."

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ރައްޔިތުން މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ އެބުނީ ސަބަބެއް ނެތި ނޫންކަމަށެވެ. އަދި ވެރިކަމަށް އައުމަށް ހެދި ދޮގުތަކާއި އޮޅުވާލުންތަކާއި އުފެއްދި ނަފުރަތު މިއަދު ހާމަވެ، ރައްޔިތުންނަށް ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފިކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ، އެމަނިކުފާނުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތަކާއި ފްލެޓްތައް މިއަދުން މިއަދަށް ހަވާލުކުރެއްވުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.