Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުގައި ވޯޓުލެއްވުން -- ފޮޓޯ: ރައީސް އޮފީސް

13 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިތުރު ކުރިވަގުތުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަށް ވޯޓުލުމަށް ފުރުޞަތު ލިބިވަޑައިގެންނެވި

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމުގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރުކޮށްފައި އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް އެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިވަޑައިގެންފިއެވެ.

ވޯޓުލުމުގެ ވަގުތަށް އިލެކްޝަންސް ކޮމިޝަނުން އެއްގަޑިއިރު އިތުރު ކުރީ، މިއަދު ވިއްސާރަ ވާނޭ ކަމަށް ލަފާކޮށެވެ. މިގޮތުން ރޭ ވަނީ ކުރިން 4:00ގައި ވޯޓުލުން ނިންމާގޮތަށް އޮތް އޮތުން ބަދަލުކޮށް ހަވީރު 5:00 އާއި ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފޭބުނީ މެންދުރުފަހު 3:00 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓުން ވަޑައިގެންނެވީ 3:45 ހާއިރުގައެވެ. 

އެމަނިކުފާނު، ވޯޓުލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައިހުރި މާފަންނު ދެކުނު-3 (T17.3) ނަންބަރު ވޯޓު ފޮށްޓަށެވެ.

މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.