Advertisement

29 May 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެވަޓަން ސަލާމަތްވިއިރު އެސްޓަންވިލާ ކޮންފަރެންސް ލީގަށް

އިންގްލިޝް ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ފަހު ދުވަހު ޑޮކޯރޭގެ ގޯލަކުން ބޯނެމައުތް ބަލިކޮށް އެވަޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެއެވެ.  އަދި އެސްޓަން ވިލާ ޔޫއެފާ ކޮންފަރެންސް ލީގަށް ކޮލިފައިވީ، މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަން 2-1 ގެ ނަތީޖާ އަކުން ބަލިކޮށްގެނެވެ.

 ސީޒަންގެ ފަހު މެޗަށް އައިއިރު، ސައުތެމްޕްޓަން ރެލިގޭޓް ވެފައިވީނަމަވެސް، އެވަޓަން، ލެސެސްޓާރ އަދި ލީޑްސް ޔުނަޓެޑަށް ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެންމެ ބޮޑު ފުރުސަތެއް އޮތީ އެވަޓަންއަށެވެ. އެއީ، ސީޒަނުގެ ފަހު މެޗުގައި ބޯނެމައުތް ބަލިކޮށްފިނަމަ، އެހެން ނަތީޖާތައް ކޮންމެ ގޮތަކަށް ނިކުތަސް، އެވަޓަންއަށް ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު އޮތުމުންނެވެ. އެވަޓަން އަކީ އަދި މިހާތަނަށް ޕްރިމިއަލީގުން ރެލިގޭޓްވެފައިވާ ކްލަބެއް ނޫނެވެ.

މި ސީޒަނުގައި އެވަޓަން ކާމިޔާބު ކުރި އެންމެ މުހިންމު ގޯލު، މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އަބްދުއްލައެ ޑޮކޯރޭ އެވެ. މި ސީޒަނުގެ އޭނާ އެވަޓަންއަށް 25 މެޗު ކުޅެދީފައިވެއެވެ.

އެސްޓަން ވިލާ އިން ޔޫއެފާ ކޮންފަރެންސް ލީގަށް ކޮލިފައިވުމަށް ބްރައިޓަން މެޗު ކޮންމެހެން ކާމިޔާބު ކުރުމަށް މަޖުބޫރެވެ. މި މެޗުގުގައި ގޯލެއް ޖަހާ ފުރަތަމަ ލީޑު ނެގީ ވެސް އެސްޓަން ވިލާ އިންނެވެ. އެއީ މެޗުގެ 8 ވަނަ މިނެޓުގައި ޑޮގްލަސް ލުއިޒް ކާމިޔާބުކުރި ގޯލަކުންނެވެ. އެ ޓީމުން ލީޑު ފުޅާ ކުރީ 26 ވަނަ މިނެޓުގައި ވޮޓްކިންސްގެ ގޯލަކުންނެވެ. ބްރައިޓަންގެ ހަމައެކަނި ގޯލު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ޑެނިޒް އުންޑަވްއެވެ.

މި މެޗުން އެސްޓަން ވިލާ މޮޅު ނުވިނަމަ، ލީގުގެ 7 ވަނަ ލިބޭނީ ޓޮޓެންހަމް އަށެވެ. އަދި އޭރުން ޔޫއެފާ ކޮންފަރެންސް ލީގަށް ވެސް ކޮލިފައިވާނީ ޓޮޓެންހަމްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.