Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ބޯކޮށް ވާރޭ ވެހެނީ --

12 Jan 2024
ޚަބަރު

ކުރިއަށްއޮތް 12 ގަޑިއިރުވެސް ބޮޑުބަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 12 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ވަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ބައެއް ގަޑިތަކުގައި ބޯކޮށް ވާރޭވެހޭނެތީ ފެންބޮޑުވެގެން ހިނގާފާނެ ހާދިސާތަކަށް ދުރާލާ ތައްޔާރުވުމަށްވެސް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ކައިރީގައި އުފެދިފައިވާ ސަކިއުލޭޝަނަކާ ގުޅިގެން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 2 ދުވަސްތެރޭގައި މިސަރކިއުލޭޝަން ރާއްޖޭގެ ދެކުނަށާއި ހުޅަނގަށްވާ ގޮތަށް ދެމިގެންގޮސްފައިވާ ކަމަށާއި، މިސަރކިއުލޭޝަންގެ ސަބަބުން އުފެދިފައިވާ ޓްރަފް ރާއްޖެ މަތީގައި ހުރުމުގެ ސަބަބުން މިސަރައްހައްދަށް ވިލާ އިތުރަށް ޖަމާވެފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ބައެއް ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. 

މިއަދު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށްކަމަށެވެ. އެއީ 89.5 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވާ ހުޅުމާލެއަށް 74.3 މިލިމީޓަރުގެ ވާރޭ، ހުޅުލެއަށް 76 މިލިމީޓަރުގެ ވާރޭ، އދ.މާމިގިއްޔަށް 62.5 މިލިމީޓަރުގެ ވާރޭ، އއ.ތޮއްޑުއަށް 64 މިލިމީޓަރުގެ ވާރޭ، މ.މުއްޔަށް 46 މިލިމީޓަރު، އަދި ކާށިދޫއަށް 32 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.