Advertisement

ފޮޓޯ: އެމްޑީޕީ

12 Jan 2024
ޚަބަރު

މި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްލައިފި: ރައީސް ސޯލިހް

މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ގެނެވުމުން ކަންބޮޑުވެފައި ކަމަށާއި ސަރުކާރާ މެދު އޮތް އުއްމީދު ގެއްލި، މާޔޫސްވެއްޖެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެކަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ފަރާތުން މޭޔަރ ކަމަށް ވާދަކުރައްވާ އާޒިމްގެ ކެންޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. 

މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ހެދި ދޮގުތަކާ އެކު ނަމަވެސް، ބަޔަކު ވެރިކަމަށް އަތުވެއްޖެ ކަމަށާއި އެ މީހުންނާ މެދު ރައްޔިތުންގެ އުއްމީދުތަކަކާއި ބޭނުންތަކެއް އޮތް ކަމަށެވެ.

"ހަމައެކަނި މާލޭގެ ރައްޔިތުންނެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުން ވެސް މިއަދު ތިބީ މި ކުރެވުނު ކަންތަކާ މެދު ކަންބޮޑުވެފައި."

ސޯލިހު ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށާއި މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ޕާޓީން ކުރާނެ ކަމަށެވެ. މި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީކުރުވަން ފަސްނުޖެހޭނެ ކަމަށާއި އެމްޑީޕީ އަކީ އެކަން ކުރަން އެނގޭ ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރަކީ އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހިންގި ރިޔާސީ ދައުރު ކަމަށެވެ. އޭގެ ގިނަ މަޝްރޫއުތައް ހިންގުނީ، ސޯލިހް ވިދާޅުވި ގޮތުގައި، އާޒިމްގެ ސީއީއޯ ކަމުގެ ދަށުގައި އެމްޓީސީސީންނެވެ.

ނަަމަވެސް ހިތާމައަކީ، އެ ސަރުކާރުގައި ހިންގި %60-%70ގެ މަޝްރޫއޫއުތައް މި ސަރުކާރުން ހުއްޓާލާފައި ވާތީ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ސަރުކާރަށް ސޯލިހު ފާޑުވިދާލުވިއެވެ.

"ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތައާރަފްކުރި ބަޔަކީ އެމްޑީޕީ. އެކަން ކުރަން އެނގޭނީ އަޅުގަނޑުމެންނަށް. އާދަމް (އާޒިމް) ނުކުމެ އެ އިންނެވީ އެކަން ކުރަން." ރައީސް ސާލިހް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެމްޑީޕީގެ ފިކުރާ އެއްގޮތަށް އާދަމް އާޒިމް މާލޭގެ މޭޔަރު ކަން ކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ ނުކުމެ ހުންނެވީ ގާނޫނުގެ ދަށުން މޭޔަރަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ކަމަށާއި އިތުރު ސަރުކާރެއް ހަދައިގެން ވަކި ސަރުކާރެއް ހިންގާކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.