Advertisement

މާލޭގައި މިއަދު ފެންބޮޑުވެފައި --

12 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި

މާލެއަށް މިއަދު ހެނދުނުންފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ، ސިފައިން ނުކުމެ ފެން ހިއްކަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ، ފެން ހިންދުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕްތައް ބަހައްޓައިގެން ސިފައިން މިހާރު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށްދަނީ ވާރޭވެހެމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވިއްސާރަ މާދަމާއަށް ދެމިގެންދާނެއެވެ. އަދި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ 14:30 އާއި ހަމައަށް، ކ އަތޮޅާއި މ އަތޮޅާއި ދެމެދުގެ އަތޮޅުތަކާއި ރަށްތަކަށް ޔެލޯ އެލާޓު ނެރެފައެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ނިމުތުކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފައިވާތީ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، އިންޑިއާކަނޑުގައި އުފެދުނު ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ދަތުރުކުރަމުންދާތީ ކުރަމުން އަންނަ ވިއްސާރައެކެވެ.

ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުވެސް މާލެއަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.