Advertisement

ޢިސްކަންދަރު ސްކޫލުގެ ދަރިވަރުން އެސެމްބްލީގައި - ފޮޓޯ: އެޑިޔުކޭޝަން

12 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއި މެދު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި

ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއި މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެެވެ. 

އެޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާއްމުންގެ ހުރި ކަންބޮޑުވުންތައް އެ ޕާޓީއަށް  ހުށަހަޅަމުންދާ ކަމަށެވެ. މިގޮތުން އެކަންކަމުގެ މައްޗަށް ބަލައި އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ މައިގަނޑު 5 ކަމެއް ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި، ގުރޭޑް 8 ގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުކުރެވޭކަމާއި، ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް ލިޓްރަސީ، ނިއުމަރަސީ ހުނަރުތަކާއި ކިޔެވުމަށް ބޭނުންވާ ތަފާތު ގިނަ ހުނަރުތައް ލިބުމުގެ ފުރުޞަތު ގެއްލޭ ކަމާއި، އުނގެނުމުގައި ދަތިކަން ހުންނަ ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިވާ ކަމާއި، ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެކަން ހިމެނެއެވެ. 

ދިރާސީ އަހަރު ފެށުން އަލުންޖެނުއަރީމަހަށް ބަދަލުކުރުމަށްޓަކައި، ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ބަދަލުތައް ގެނެސް ޓާމުތައް ކުރުކޮށްފައެވެ. 

ދިރާސީ އަހަރު ފެށުން އޮގަސްޓް މަހަށް ބަދަލުކުރީ ކޯވިޑާއި ގުޅިގެން ދިމާވި ދަތިތަކާއި އަދި ޖޫން ޖުލައިއަށް ސްކޫލު ބޮޑުޗުއްޓީ ބަދަލުކުރުމަށްޓަކައި 2020 ވަނަ އަހަރުގައެވެ. 

ދިރާސީ އަހަރުގެ ކަލަންޑަރު ކުރިން އޮތް ގޮތަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.