Advertisement

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް --

11 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރާނީ އޭސީސީން މައްސަލަތައް ބަލާ ނިމުމުން: ހައުސިންގ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އަލުން ފަށާނީ، ފްލެޓްތަކާއި ގުޅޭ މައްސަލަތައް އޭސީސީން ބަލައި ނިމުމުން ކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުން ފްލެޓްތައް ދޫކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން، ފްލެޓަށް އަދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް މިނިސްޓްރީން ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރުވެސް ވިދާޅުވެފައި ނުވާކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމިނިސްޓްރީން ވިދާޅުވީ، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)އިން މިސްކީމާއި ގުޅޭ މަސައްކަތް ހުއްޓާލުމަށް އެމިނިސްޓްރީއަށް އަންގާފައިވާތީ ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީން އެމައްސަލަބަލައި އެމިނިސްޓްރީއަށް ފޮނުއްވުމުން ކަމުގައިވެސް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ވިދާޅުވީ، ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓް ހަވާލުކުރުމަކީ އެމަނިކުފާނު ވަޢުދުވީ ގޮތަށް ކުރިޔަށްދާނެ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޓްވީޓް --

ގެދޮރުވެރިޔާ ފްލެޓްތައް ދޫކުރުމުގައި، މިސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާއި މެދު ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން އަންނަނީ ހިތްހަަމަ ނުޖެހުންތައް ފާޅުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.