Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު --

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާރިޗު 17 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ކޮމިޝަނުން މަސައްކަތްކުރާނެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު މިއަހަރުގެ މާރިޗު މަހުގެ 17ވާ އާދިއްތަ ދުވަހު ބޭއްވުމަށް، ނިންމާފައި ވާއިރު އެދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ދަންނަވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، މާރިޗު 17 ވާ އާދީއްތަ ދުވަހު އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ އެއީ، ޤާނޫނުގައި މުއްދަތުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެންމެ އަވަހަށް އިންތިޚާބު ބޭއްވެން އޮތް ދުވަސް ކަމަށެވެ. އަދި ޤާނޫނުގައި މުއްދަތުތައް ކަނޑައަޅާފައިވާ ގޮތުން އިންތިޚާބު، ރޯދަ މަހުގެ ކުރިން ބޭއްވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އަދި ރޯދައިގެ ފަހުންވެސް އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމުގައި ފުވާދު ވިދާޅުވިއެވެ. އެހެންވެ މިހާރު އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ މާރިޗު މަހުގެ 17ވާ އާދީއްތަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވުމަށް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާނެ ކަމުގައިވެސް ފުވާދު ވިދާޅުވިއެވެ. އިންތިޚާބުތަކުގެ މަސައްކަތްތަކާއި ގުޅިގެން އިންތިޚާބު އޮންނަ ދުވަހާއި އެއާއި ވިދިގެން އަންނަ ދުވަސްވެސް އާއްމު ގޮތެއްގައި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި ދެއްވައެވެ.

ފުވާދު ވިދާޅުވީ، އިންތިޚާބު ރޯދައިގެ ކުރިން ބޭއްވެން އޮތީ، ޤާނޫނުގައި ބަޔާންކޮށްފައިވާ 120 ދުވަހުގެ މުއްދަތު 140އަށް އިތުރުކޮށްގެން ކަމުގައި ވާތީ، އެކަން ކޮމިޝަންގެ ފަރާތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ފާހަގަވެސް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ރޯދަމަހާއި ދިމާވާތީ އިންތިޚާބުގެ ތާރީޚުތައް ގުނުމަށް ޤާނޫނަށް ބަދަލުގެނައުމަކީ އެންމެ ރަނގަޅުގޮތްކަމަށް ކޮމިޓީއަށް ފެނިވަޑައިނުގެންނެވިކަމުގައި ފުވާދު ވިދާޅުވިއެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކޮމިޝަނުން ޢިއުލާނުކޮށް މަސައްކަތްތައް ފަށަންޖެހޭނެއެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީގުގެ ދައުރު މެއި މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.