Advertisement

08 Jan 2024
ވީޑިއޯ
ޢަލީ ސުލައިމާން

އަޅުގަނޑު ވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާނެ މީހަކަށް: އާޒިމް

މާލޭ ސިޓީގެ މޭޔަރަކަށް އިންތިޚާބު ވުމަށް ފަހުގައި، މަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށާއި، ރައްޔިތުންނަށް ފެންނާނެ މީހަކަށް ވެވަޑައިގަންނަވާނެ ކަމުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ނޫން" ގެ ޚާދިމް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންނަށް އޭނާ ފެންނާނެ ކަމަށާއި ބައްދަލުވާނެކަމަށާއި މަސައްކަތްކުރައްވާނީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މަދުވެގެން ހަތަރު ފަހަރު ރައްޔިތުންނާއި އެކު ޓައުންހޯލް ބައްދަލުވުންތައް ބާއްވާނެ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ. މިގޮތުން ޓައުންހޯލް ބައްދަލުވުންތައް، ހުޅުމާލެ އާއި ވިލިގިލީގެ ރައްޔިތުންނަށް ވަކިން ބާއްވައި ދެއްވާނެ ކަމުަގައިވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވަރަށް ވަގުތުދީގެން މަސައްކަތް ކުރާ މީހެއް. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނާނެ، އަޅުގަނޑު މިތަނުގައި މިކަންތައްތައް ހައްލުކުރަން މަސައްކަތް ކުރާތަން. އަޅުގަނޑަށް ވަރަށް އުއްްމީދު ކުރެވޭ." 

އާދަމް އާޒިމް - އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް

އާޒިމް ވިދާޅުވީ، މިހާތަނަށްވެސް ކުރެއްވި ހުރިހާ މަސައްކަތެއްގައި މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބު ހޯދުނު ކަމަށެވެ. އެހެންކަމުން މިފަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކާމިޔާބު ހޯދޭނެކަމުގެ ޔަޤީންކަމާއި އެކުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކޮންމެ ތަނަކުންވެސް ވަކިވެވަޑައިގެންނެވީ އެތަނަކީ، ފައިދާވާ އަދި ހަރުދަނާ ތަނަކަށް ހައްދަވައި ދެއްވުމަށް ފަހުގައި ކަމަށެވެ. އަދި ބޭނުންވަނީ، މާލެއަކީ މީހުން ދިރިއުޅޭ ހިތްވާ ތަނަކަށް ހަދައިދިނުންކަމުގައި އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.