Advertisement

26 May 2023
ވާހަކަ

ނާކާ | އެފިސޯޑު - 3

ނާކާ | އެފިސޯޑު - 3

އެ ދޮރުން ކޮޓަރިއަށް ވަނީ މިއަދު ސުކޫލުން ފަތީންއާ ދިމާވި ދިވެހި މުދައްރިސްއެވެ. އޭނާ ހުރީ އާދައެކޭ އެއްފަދައިން ވަރަށް ހިނިތުންވެލާފައެވެ. އޭނާ ފެނުމާއެކު ފަތީން ވަރަށް ހައިރާންވިއެވެ. އޭނާގެ ކޮޓަރީގައި ފަތީން އޮތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. "މިސްގެ ކުލާހުގަ މިއަދު އިން ކުއްޖެއްދޯ؟ ނަން ހަނދާން ނެތިގެން މިސް މި އުޅެނީ.." ފަތީން އޮށޯވެގެން އޮތް އެނދު ކައިރީގައި ހުރި ކުޑަ ޑްރެސިންޓޭބަލް ގޮނޑިއެއްގައި އިށީންނަމުން އޭނާ ސުވާލުކޮށްލިއެވެ. "ފަތީން... ނަމަކީ ފަތީން.. އަހަރެން ކީއްވެ މިތާ މި އޮތީ؟" ވަރަށް ލަދުން އޮވެ ފަތީން ވާހަކަ ދެއްކިއެވެ. "މިސް ފިހާރަޔަކުން އައި އިރު ކުއްޖަކު އޮތީ މިގޭ ދޮރުމަތީގަ ވެއްޓިފަ. އަނދިރި ކަމުން ނޭނގުނު ފަތީން ކަމެއް. އެކަމް ވެސް މިސް ވަރަށް މަސައްކަތުން ވެއްދީ އެތާ ބާއްވާފަ ނާންނަން ވެގެން. ވެއްދި ފަހުން އެނގުނީ ފަތީން ކަން. ކީއްވެތަ މިހާ އަނިޔާވެފަ މިހިރީ؟ ބަޔަކު އަނިޔާ ކުރީތަ..؟" ފަތީންގެ ބޮލުގެ ދުޅަވެފައިވާ ހިސާބުގައި އަތް ޖައްސާލަމުން ޝައިހާ މިސް އަހާލިއެވެ

އެ މުދައްރިސް ވަރަށް އޯގާތެރިއެވެ. ފަޒީން ހާ އޯގާތެރިއެވެ. އެ ފިރުމުން ފަތީންއަށް ގެނެސްދިނީ ފުން ހަނދާންތަކެކެވެ. ފަތީންއަށް އަނިޔާއެއްލިބޭ ކޮންމެ ފަހަރަކު ފަޒީންގެ ފަރާތުން ލިބޭ އޯގާތެރިކަން ފަތީންގެ ހަނދާނާ އެކުވާން ފެށިއެވެ. ފަތީންގެ ދެލޯ ފެންކަޅިވިއެވެ. އެތާ އޮތުމަށް އުނދަގޫވިއެވެ. ފަތީން އޮތްތަނުން ތެދުވިއެވެ. އެ ވަގުތު ޝައިހާ މިސް ގޮނޑިން ތެދުވެ ފަތީން ގާތުގައި އިށީނެވެ. "މިސް ކާރި ބުނެބަލަ ވީގޮތެއް! ބަޔަކު ތަޅާގަތީތަ؟" ފަތީންގެ ކައިރީ އިނދެ ޝައިހާ ވާހަކަ ދެއްކީ ފަތީންގެ ބުރަކަށީގައި ފިރުމާލަމުންނެވެ. އެ ވަގުތު ފަތީން ޝައިހާގެ މޫނަށް ބަލާލިއެވެ. ފަތީން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހިތަށް ވެރިވަމުންދިޔަ އުދާސްތަކަށް އޭނާއަށް ކެތް ނުކުރެވޭ ވަރުވިއެވެ. އޭނާގެ އަނގައިން ބަހެއް ނުނުކުތެވެ. މަޑުމަޑުން ފަތީންގެ ހަށިގަނޑުގެ ތެރޭ އުތުރެމުންދިޔަ އުދާސްތައް އެ ކޮޓަރީގެ ހަމަހިމޭން މާހަލުން ޖާގަހޯދީ އޭނާގެ ދެ ލޯ މެދުވެރިކޮށެވެ. ފަތީންއަށް ގިސްލާ ރޮވެން ފެށުނެވެ. ރޯން ބޭނުން ނުވި ނަމަވެސް ފަތީންއަށް އެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ކެތް ކުރެވޭތޯ ކިތަންމެ ހިތްވަރެއް ކުރިއަސް ލޮލަށް ޖަމާވަމުންދިޔަ ކަރުމަތަކާ ހަނގުރާމަ ކުރާނެ ހިތްވަރެއް އެ ހަށިގަނޑަކަށް ނުލިބުނެވެ. ޝައިހާ ފަތީންއަށް ހިތްވަރު ދޭން ވަރަށް މަސައްކަތް ކުރިއެވެ

Advertisement

ފަތީން ހިތްފުރެންދެން ރޮއިލިއެވެ. އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނީ އެހެންކަމުންނެވެ. "އާނ.. ބަޔަކު ތަޅައި ގަތީ.." ފަތީންގެ އަނގައިން ބަހެއް ނުކުންނަ ވަރުވީ އެތައް އިރެއް ފަހުންނެވެ. "އެއީ ކީއްވެ؟ އެ މީހުން ތަޅާގަންނަން ސަބަބެއް އޮންނާނެ އެންނު؟" އެ ވަގުތު ފަތީން ކަންތައް ވަމުންދިޔަ ގޮތް ޝައިހާއަސް ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. ގިސްލަމުން އިނދެ ނަޒީހުއާ ޖެހިފައިވާ މައްސަލަގަނޑު ގޮސްފައިވާ ހިސާބު އޭނާ ޝައިހާއަށް ކިޔައިދިނީ ޝައިހާގެ ފަރާތުން ލިބެމުންދިޔަ ހިތްވަރުގެ ބޭނުން ކޮށްގެނެވެ.

"ތިވާހަކަތައް އަޑުއަހާފައި މިސް ވަރަށް ދެރަވެއްޖެ. މިއަދު ސުކޫލުން ވެސް މިސްއަށް ފާހަގަވި ފަތީން ދެރަވެފަ އިންކަން. އިރާދަ ކުރެއްވިއްޔާ ފަތީންއަށާއި ފަތީންގެ އާއިލާއަށް ވެސް އިންސާފު ލިބޭނެ." ހުރިހާ ކަމެއް އެނގުމުން ޝައިހާ މަސައްކަތް ކުރީ ފަތީންއަށް ހިތްވަރެއް ދެވޭތޯއެވެ. މި ގޮތުގައި ވަރަށް ގިނަ ވަގުތު ތަފާތު ވާހަކަ ދެއްކުމުގައި ފަތީންއާއި ޝައިހާ ތިއްބެވެ

"ޓްރިން ޓްރިން" ރިންގް ވަމުން ދިޔައީ ފަތީންގެ ޖީބުގައި އޮތް ފޯނެވެ. ފޯނު ނަގާ ބަލާލި އިރު ގުޅަމުންދަނީ މަންމައެވެ. ފޯނަށް ޖަވާބު ދިނުމާއެކު މަންމަގެ ފަރާތުން އިވިގެން އައީ ކަންބޮށުވެފައިވާ އިހުސާސްތަކެކެވެ. ފަތީން ލަސްވެގެން މަންމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެ ވަގުތު ފަތީން އަތުކުރީ އަޅާފައިއޮތް ގަޑިއަށް ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ގަޑިން ނުވައެއް ޖަހައިފިއެވެ. ފަތީން ވަގުތުން ފޯނު ކަނޑާލާފައި ގެޔަށް ދާން ތެދުވިއެވެ. "އަޅުގަނޑު ފޮތްތައް ކޮބާ؟" ހިތް އަވަސްވެ ހުރެ ފަތީން ވާހަކަ ދެއްކިއެވެ. އެވަގުތު ޝައިހާ އެނދުގެ ހެޑުބޯޑް މަތީގައި އޮތް އޭނާގެ ފޮތްތައް ނަގާ ދިއްކޮށްލިއެވެ. "ލަސްވެގެން ގެއިން ގުޅީދޯ؟" ފަތީންއާ އެކު ބޭރަށް ނުކުންނަން ހިނގައިގަންނަމުން ޝައިހާ އަހާލިއެވެ. ފަތީން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ގޭގެ މައިދޮރުން ނުކުމެ ހިނގައިގަތް ވަގުތު ޝައިހާ ފަތީންއަށް ގޮވާލިއެވެ. "ދެން ދެރަ ނުވައްޗެ މާބޮޑަށް. ކަމެއް ދިމާވަންޔާ މިސްގާތު ބުނާތި. ކޮންމެ ވަގުތަކުވެސް މިސް ހުންނާނަށް ފަތީންއަށް އެހީވާން..". އެ އަޑު ފަތީންގެ ކަންފަށް އިވުނީ ހިތްގައިމު މިއުޒިކެއް ފަދައިންނެވެ. ހިތް ހަމަޖެހުމެއް ނެތި ގޮވަމުންދިޔަ އެއްޗެއް ލިބުނު ފަދައެވެ. ފަތީންގެ ހިތަށް ވެރިވީ ބަޔާން ކުރަން ނޭނގޭފަދަ އުފާވެރި އިހުސާސް ތަކެކެވެ. ފަތީން ނުކުމެގެން ދިޔައީ ހިނިތުންވެލަމުންނެވެ.

"ދަރިފުޅާ ކޮންތާކު އުޅެފަ ތި އައީ.؟ ކިހިނެއްވެފަ މިހިރީ ބޮލާ ތަންތަން ދުޅަވެފަ.؟" ފަތީން ގެޔަށް އައިސް ވަނުމާއެކު ފާތުމާ ފެށީ ރޯށެވެ. ފަތީންއަށް ލިބިފައިހުރި ގެއްލުންތައް ފެނުނީމައެވެ. އެ ވަގުތު ފަތީން ފާތުމާއަށް ކަންތައް ވީގޮތް ކިޔައިދިނެވެ. ހަދާނެ ދޮގެއް އޭނާގެ ސިކުނޑިއަށް ނައީމައެވެ. "ދަރިފުޅު ކީއްވެގެންތަ އޭނަގެ ބޮލުގަ ތި ތުހުމަތު އަޅުވަނީ؟" ފާތުމާއަށް ފަތީން ދެއްކި ވާހަކަތައް ދެނެގަންނާކަށް ނޭނގުނެވެ. "އެއީ އޭނަ ކުރިންވެސް ދެތިން ފަހަރަކު ތިއްތިބެ މަރާލަން އިންޒާރު ދިން.. އޭނަ ބޭނުންވަނީ ޝިމާ.. އެހެންވެ." ފާތުމާއަށް ކަންތައްތައް ވަމުންދިޔަ ގޮތް ފަހުމްވީ އެ ވަގުތުއެވެ. "ދެން އެކަމަކު މިވަރު ކޮށްލަން ޖެހޭތަ؟؟ އިބުރާހިމާ ހިނގާ ފުލުހުންނަށް ގުޅަން.." ސިޓިން ރޫމް މޭޒު ކައިރީގައި އިށީނދެގެން އިން ފަތީންގެ ބައްޕައާ ވާހަކަ ދައްކަމުން ފާތުމަ ބުނެލިއެވެ. ނަމަވެސް އިބުރާހިމް އެކަމާ ދެކޮޅުހެދިއެވެ. މި އާއިލާގެ އެއް މައްސަލަ މިހާރުވެސް ފުލުސް އޮފީހުގައި އޮއްވައި އިތުރު މައްސަލައަކާ ދިޔުމަކީ ލަދު ކަމެއް ކަމުގައި އިބުރާހިމް ދެކެއެވެ. އެ ކަމާ ފާތުމާއާއި އިބުރާހިމްގެ މެދުގައި ކުޑަ ދެބަސްވުމަކަށް ވެސް ދާން ޖުހުނެވެ.

ގަޑިން މެންދަމުން އަލިވެ އެކެއްޖެހި އިރު ވެސް ފަތީން އޮތީ ނުނިދިފައެވެ. ގައިގައި ރިއްސާތީއެވެ. ބޮލުގެ ދުޅަވެފައިވާ ތަނަށް ތަދުވާތީއެވެ. ދެ ފަރާތަށް އެނބުރިއެނބުރި ފޫހިވުމުން ފަތީން އޭނާގެ ފޯނު ނެގިއެވެ. އެ ވަގުތު ފޯނަށް އައީ ކޯލެކެވެ. އެއީ ނުދަންނަ ނަންބަރެކެވެ. "ހަލޯ.." ފަތީން ފޯނަށް ޖަވާބު ދިނެވެ. "ނުނިދިފަތަ..؟" އެކޮޅުން އިވިގެން އައީ ވަރަށް ބަރު އަޑެކެވެ. އެއީ ކާކުކަން ފަތީންއަށް ނޭނގުނުކަމުގައި ވިއަސް އެއީ ފިރިހެނެއްގެ އަޑުކަން ފަތީންއަށް އެނގެއެވެ. "ތީކާކު؟" ފަތީން ވަރަށް ހާސްވެފައި އަހާލިއެވެ. "އަހަރެން މިއީ ކާކުތޯ ބެލުމުގެ ބޭނުމެއް ނެތް. އަހަރެން މިއީ ކާކުކަން އެނގުނަސް ވާނެ ފައިދާއެއް ވެސް ނޯންނާނެ.!" އޭނާ ދައްކަމުން ދިޔައީ އޭގެ މާނަ ދެނެގަންނަން ފަތީންއަށް އުނދަގޫވި ވާހަކަތަކެކެވެ. އެ ވާހަކަ އިވިފައި ފަތީންގެ ގާތަށް އައީ ރުޅިއެވެ. "ދެން އެހެންވިއްޔާ ކީއްކުރަންތަ ތި ގުޅަނީ؟ މަށަށް ހެޔޮ ކަލޭތީ ކޮންމެ މީހަކަށް ވިއަސް.." ވަރަށް ރުންކުރު ގޮތަކަށް ވާހަކަ ދެއްކުމަށްފަހު ފަތީން ވަގުތުން ފޯނު ކަނޑާލިއެވެ. އެ ވަގުތު އަނެއްކާ ވެސް އެ ފޯނު ތަކުރާރުވިއެވެ. "ކިހިނެއް ވެގެންތަ ތި އުޅެނީ.؟" އަނެއްކާވެސް ފަތީން ޖަވާބު ދިނީ ރުޅިއައިސްފައެވެ. އެ ވަގުތު ގުޅައިގެން ހުރި މީހާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. "ވަރަށް އުފާވެއްޖެ ތި ސުވާލު ކުރީމަ.. އަހަރެން ވާހަކަ ދައްކާ ނުނިމެނީސް ފޯނު ކަނޑާ ނުލާތި. އަހަރެންނަށް ވެގެން މިއުޅޭ ގޮތުގެ ވާހަކަ ބުނެދިނުމުގެ ފުރުސަތު އަހަރެން ނާހަނީސް ފަތީން ދިނީމަ ވަރަށް އުފާ ވެއްޖެ.. އަހަރެން މި އުޅެނީ ފަތީނުއަށް އެއްޗެއް ހަދިޔާ ކުރަން.. ބޭނުންތަ އެއީ ކޯޗެއްކަން ބަލަން..؟" އޭނާ މަސައްކަތް ކުރީ ފަތީންގެ ޝައުގުވެރިކަން ދަމައިގަތުމަށެވެ. "ހމމމ... ކޯއްޗެއްތަ އެއީ؟" ފަތީންގެ ވާހަކަ ދެއްކުމުގައި ހުރީ އޭނާ އެ ދައްކާ ވާހަކައަށް އެއްވެސް ސަމާލު ކަމެއް ނެތްފަދަ ގޮތެކެވެ. "ތިގޭ ދޮރުމަތީ އޮންނާނެ ސިޓީ އުރަލެއް. އެ ބަލާ.." އޭނާ މިހެން ބުނުމާއެކު ފޯނު ކެނޑުނެވެ.

އޭނާ ބުނީ ތެދެކެވެ. ފަތީން ގޭ ދޮރުމަށްޗަށް ނުކުމެ ބަލައިލި އިރު ދޮރުމަތީގައި ސިޓީ އުރައެއް އޮތެވެ. ފަތީން އެ ސިޓީ އުރަ ހިފައިގެން ކޮޓަރިއަށް ވަދެ އޭތި ހުޅުވާލިއެވެ. "އަހަރެންނަށް އެނގޭ ފަތީންގެ ބޭބެ މަރާލި މީހާ.. އޭނާގެ މައުލޫމާތު ހޯދަން ބޭނުމިއްޔާ މާދަމާ ރޭ 9 ޖަހާއިރު އާދޭ އުތުރު ފަރާތުގައި ހަދާފައި އިންނަ ކުޑަ ބްރިޖު ކައިރިއަށް.. ހަނދާން ކުރާތި މި ވާހަކަ އެއްވެސް މީހަކު ކައިރީ ބުނެފިއްޔާ މަށަށް އެނގޭނެ. އެފަދަ ކަމެއް ވެއްޖެޔާ އެ މައުލޫމާތު ލިބުމަށްވުރެ ގާތީ ނުލިބުން.. އަދި ހަނދާންކުރާތި ފަތީން އެތާ ހުންނަން ވާނީ އެކަނި.." އެއީ ތެދެއްބާއެވެ؟ ފަތީންގެ ހިތުގައި މި ސިޓީ ކިޔައިފައި އުފެދުނީ ސުވާލުތަކެކެވެ. ނަމަވެސް ފަތީން އެ ތަނަށް ދާން ބޭނުން ވިއެވެ. އެއީ ހަގީގަތެއްތޯ ބެލުމަށެވެ.

ޖެހިގެން އައިދުވަހު ފަތީން ސުކޫލަށް ދިޔައީ ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. މިރޭ ކަންތައް ކުރަންވީ ގޮތަކާ މެދު ޝިމާއާ މަޝްވަރާ ކޮށްލުމަށް ފަތީން ހުރީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

އާދައެކޭ އެއްފަދައިން އިންޓަވަލް ގަޑީގައި ޝިމާއާ ދިމާވުވުން ފަތީން އެ ވާހަކަ ހިއްސާ ކުރިއެވެ. އެ ފޯނުކޯލުން ވާހަކަ ދެއްކި މީހާ އެކަން މަނާ ކޮށްފައި އޮތް ކަމުގައި ވިއަސް ޝިމާ އަކީ ފަތީންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ފަތީން މިކަހަލަ ފިޔަވަޅެއް އެޅުމުގެ ކުރިން ޝިމާގެ ހިޔާލެއް ހޯދަން ބޭނުންވިއެވެ.

ޝިމާއާއި ފަތީން އެ ކަމުގެ މަޝްވަރާގައި ތިއްބައި އާނިސް އެ ތަނަށް އަތުވިއެވެ. "ކޮން ވާހަކައެއްގަ ދެމީހުން؟" އާނިސް އަހާލިއެވެ. ވަގުތުން ޝިމާ ބަލާލީ ފަތީންގެ މޫނަށެވެ. "ވެގެން މިއުޅޭ ގޮތަކީ މީހަކު ބުނަނީ ތިއްތިބެ މަރާލި މީހާ ބުނެދޭނަމޯ މިރޭ އެއްކަލަ އުތުރުފަރާތު ބްރިޖް ކައިރިއަށް ދިޔައިއްޔާ. އެވެސް އެއީ މަ އެކަންޔޯ.." ފަތީން އެއްވެސް ވިސްނުމެއްނެތި ބުނެލިއެވެ. "ޔަގީންތަ އަނެއްކާ އެއީ ތެދެއްކަން؟" އާނިސް ދެލޯ ބޮޑު ކޮށްލިއެވެ. "ނޭނގެ.. އެކަމު އަހަރެން ބޭނުން ތެދެއްތޯ ބަލަންވެސް ދާން.." ފަތީން ބުނެލިއެވެ.

"އެހެންވިއްޔާ ފަތީންއާ އެކީ އަހަރެންވެސް ދާނަން.." އާނިސް ބޭނުންވީ ފަތީންއާ އެކު މިރޭ އެ ތަނަށް ދާށެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް އާނިސް ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެ ވަގުތު ފަތީން އެކަމަށް އިންކާރު ކުރިއެވެ. "ނޫން. އޭނަ ބުނީ މީހަކު ގެންގޮސްފިއްޔާ އޭނަ އެ ވާހަކަ ކިޔައެއް ނުދިނުމޯ ގާތް ވާނީ.. ވަރަށް އަބުއި މީހެއް އެއީ.." ފަތީންގެ ހިޔާލަށް ޝިމާވެސް އަދި އާނިސްވެސް ދެކޮޅެވެ. "ނޫން... ފަތީން އެކަނި ދާކަށް އަހަރެން ގަބޫލެއް ނޫން.. އަހަންނާ އާނިސް އާ ދާނީ.. ގޮސް ފާރަޔަށް ގަހެއްގެ ނިވަލަށް ވަދެ އަހަރެމެނަށް ތިބެވިދާނެ އެއްނު ދޯ އާނިސް؟" ޝިމާ މިހެން ބުނުމާއެކު އާނިސްވެސް އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. ކޮންމެއަކަސް އާނިސްއާއި ޝިމާގެ ގަދަހެދުމަށް ދެކޮޅުހަދާކަށް ފަތީންއަކަށް ހިތްވަރެއް ނުލިބުނެވެ. ފަތީން އެ ކުދިން ދެއްކި ވާހަކައަށް އެއްބަސް ވިއެވެ.

-ތިންވަނަ އެޕިސޯޑް ނިމުނީ-

ކޮމެންޓް
އިތުރު އާޓިކަލް
26 Apr 2024
ޚަބަރު
ސައުދީގައި ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފިކަމަށް އަޑުފެތުރިއްޖެ
މުސްލިމުންގެ އެންމެ މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާ، އަދި މުސްލިމުންގެ ޤިބުލަ ހުންނަ ސައުދީ އަރަބިއްޔާގައި ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފިކަމަށް އަޑު ފެތުރިއްޖެއެވެ. މި ފިހާރަ ހުޅުވާފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ރިޔާލުގެ ޑިޕްލޮމެޓިކް ކުއާޓާގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
26 Apr 2024
ލައިފްސްޓައިލް
ހަނދާން ނެތި ވައިކުޑަ ނުލައި 10 ހާސްފޫޓު މަތިން ފުންމާލި ކެމެރާމަން ވީ މަރު!
އެ އިންސްޓްރަކްޓަރާއި އޭނާގެ ދަރިވަރު، ތިރިއަށް އަންނަމުން ދިޔައިރު އެމަންޒަރު ރެކޯޑް ކުރަމުން ދިޔައީ، އިވާން ލެސްޓާއެވެ. ބޯޓުން ފުންމާލައިގެން އެތައްހާސް ފޫޓެއްގެ ތިރިއަށް ވެއްޓެމުން ދިޔައިރުވެސް އޭނާގެ އަތުގައި ވައިކުޑަ ނެތްކަން އޭނާއަކަށް ނޭނގެއެވެ.
26 Apr 2024
ކުޅިވަރު
ބްރައިޓަން ބަލިކޮށް، މެންޗެސްޓަރ ސިޓީއިން ލީގު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގާތަށް
އިންގްލިޝް ޕްރިމިއަ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ބްރައިޓަން އެންޑް ހޯވް އަލްބިއަން (ބްރައިޓަން) 4-0 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީއިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.
26 Apr 2024
ޚަބަރު
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނާއި މެދު ކަންތައް ކުރާ ގޮތާއި މެދު މޭޔަރު އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި
މިމައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެތައް ހާސް ދަރިވަރުންނަށް އަސަރު ކުރާނެ ކަމެއް ކަމަށާއި، އެކުދިން އިމާރާތުން ނެރުމަކީ މެޑިސިން ފަދަ ކޯހެއްގައި ކިޔަވާ ދަރިވަރުންތަކެއް ކިޔެވުމަށް ކުރަންޖެހޭނެ މަސައްކަތާމެދު ވިސްނާނުލާ ދެވޭ ނިކަމެތި ކަމެއް ކަމަށެވެ. މީގެ އިތުރުން އެކުދިންގެ ކިޔެވުމަށް ކުރާ މަސައްކަތަކީ ވަރަށް ބުރަކޮށް ކުރާ ހޭދައެއްކަމާއި އަދި ބެލެނިވެރިންގެވެސް ވަރަށްބޮޑު އުންމީދެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.