Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު --

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސްގެ ނަމުގައި އޮތޯރިޓީއެއް އުފައްދަނީ

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރެއްވުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށާއި، އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެކަމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އޮތޯރިޓީއެއް ޤާއިމްކުރުމަށް ނިންމޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް މިހާރުވެސް އެއްބާރުލުން ލިބޭނަމަ، މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނު ފާސްކުރެވޭނަމަ، އެކަމަށް ދެން ބޭނުންވާ ފުރިހަމަކަން ލިބިގެންދާނެ. އަދި އުންމީދު ކުރަން ލިބޭނެ ކަމަށްވެސް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޚާއްޞަ ޤާނޫނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން. ފާސްކޮށްގެން މި ދެންނެވި ގޮތަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމަކީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު --

ރާއްޖޭގެ އިޤުތިޞާދަށް ހެޔޮ ބަދަލުތައް ގެނައުމަށާއި، އިޤުތިޞާދު ފުޅާކޮށް ދައުލަތުގެ ފުދުންތެރިކަން އިތުރުކޮށް، ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ މުހިއްމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކުގެ ތެރޭގައި ވިދާޅުވެފައެވެ. މިގޮތުން އިޤުތިޞާދީ ބަދަލުތަކަށް މަގުފަހި ކުރުމުގެ ގޮތުން މުހިއްމު ކަންތައްތަކެއް ކުރުމަށް އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުންވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.