Advertisement

ހުޅުމާލޭގައި އަޅާފައިވާ ފްލެޓް އިމާރާތްތައް ---

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި އެފްޑީސީން ބުނެފި

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 4000 ހައުސިންގ ޔުނިޓްގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ދާކަމަށާއި އެންމެ ބާރަށް މަސައްކަތް ކުރިޔަށް ގޮސްފައި ވަނީ ހުސްވި ޑިސެމްބަރު މަހުގައި ކަމަށެވެ. މިގޮތުން ސްޓަރްކަްޗަރ ހަދަމުންދާ އިމާރާތްތަކުގެ 31 ޝީޓް ޑިސެމްބަރު މަހުގެ ތެރޭގައި އަޅައި ނިމިފައިވާ ކަމުގައި އެކުންފުނިންވަނީ ބުނެފައެވެ. 

އެފްޑީސީން ބުނީ ފްލެޓްތަކުގެ މަސައްކަތް 3 ޝިފްޓަކަށް ބަހާލައިގެން މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކުރަމުންދާ ކަމަށެވެ. އަދި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކުރުމުގެ ގޮތުން އެއްބަސްވުންތަަކުގައި ސޮއިކުރަން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެފްޑީސީން ހުޅުމާލެގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރާއިރު އޭގެ ތެރެއިން ބައެއް ޓަވަރުތައް މިހާރު ހުރީ މީހުންނަށް ވަދެވޭ ވަރަށް ނިމިފައެވެ. އެންމެ ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި މައްސަލަތައް ހުރިކަމަށް ބުނެ އޭސީސީން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.  ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ވިދާޅުވެފައި ވަނީ ފްލެޓްތައް ހަވާލުކުރަން ފަށާނީ އޭސީސީން ފްލެޓްތަކާއި ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތައް ނިމުމުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.