Advertisement

ޑިސެމްބަރު 30ގައި އަލްހާން ޕްރައިމަރީއަށް ފޯމް ހުށައެޅުއްވުން -- ފޮޓޯ: ވަގުތު

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފާޑުކިޔުންތަކަށް ކެތްނުވެ އެންމެ ފަސްދުވަހުގެ ތެރޭގައި އަލްހާން މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމުގެ ޚިޔާލު ދޫކޮށްލައްވައިފި

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ވާދަކުރުމަށް ކުރިން ނިންމެވި ނަމަވެސް އަމާޒުވަމުން އަންނަ ފާޑިކިޔުންތަކުގެ ސަބަބުން ހިތަށް ކެތް ނުވާތީ މަޖިލީހަށް ކުރިމަތިލުމުގެ ޚިޔާލު ދޫކޮށްލައްވައިފި ކަމުގައި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖްލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަން އަޅުގަނޑު ހުށަހަޅާ، އެކަން އިޢްލާންކުރުމުން ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިގޮތުން، އަލްހާންގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އާއި ކުރިމަތިވި މައްސަލަ އާއި ގުޅިގެން އެކުންފުންޏާއެކީ މުޢާމަލާތުކުރި ބައެއް ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދެވި އޮތުމުގެ ސަބަބުން ، އޭގެ ތެރެއިން ބައެއް ފަރާތްތަކުން، އަލްހާން ރައްޔިތުންގެ މަޖްލިސް ގޮނޑިއަކަށް ކުރިމަތިލުމާމެދު ދަނީ ފާޑުކިޔަމުން ކަމުގައި އަލްހާން ވަނީ ބުނެފައެވެ.

އަލްހާން ވިދާޅުވީ، ކުންފުނީގެ މާލީ މުޢާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ނުނިންމާ، މިފަދަ އިންތިޚާބެއްަަގައި ވާދަކުރުމަކީ އޭނާގެ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވިކަމަށެވެ. އެހެންވެ އެމްޑީޕީގެ ފަރާތުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް ނަންހުށައެޅި ހުށައެޅުން އަނބުރާ ގެނެސްފައިވާ ކަމުގައިވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާނާއި އެކު ދެން އެދާއިރާގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު، ޢަބުދުﷲ ޖާބިރު ހިމެނިވަޑަިއގަންނަވައެވެ. ރައްޔިތުންގެ މަޖްލިހުގެ ކާށިދޫ ދާއިރާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމައި އަލްހާން ފޯމް ހުށައެޅުއްވީ ޑިސެމްބަރު 30 ގައެވެ. ފަސްދުވަސް ފަހުން ނަން އަނބުރާ ނެގީ އަލްހާން ވިދާޅުވެފައިވާ ގޮތުގައި ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ހިތަށް ކެތްނުވެގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.