Advertisement

މާލޭ ބިހުރޯޒް ކަމަނާއި މިސްކިތާއި އެމިސްކިތުގެ އިރުމަތީ ފަރާތު ހަރިންމަ ތެރޭގައި ހުރި މުޙައްމަދު ތަކުރުފާނުގެ ޒިޔާރަތް --

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބިހުރޯޒް ކަމަނާ މިސްކިތް ރައްކާތެރި ކުރުމުގެ ގޮތުން ވަޤުފް އިމާރާތް އެހެން ބިމެއްގައި އެޅުމަށް ހަމަޖައްސަވައިފި

ބިހުރޯޒް ކަމަނާ މިސްކިތާއި އިންވެގެން އެޅުމަށް ކުރުން އިސްލާމިކް މިނިސްޓްރީން ބޭނުންވި ވަޤުފް ޢިމާރާތް އެހެން ބިމެއްގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ވަޤުފްބިނާތައް އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރު ކުރުމުގެ ގޮތުން މާލޭގައި ދެވަނަ ވަޤުފް ބިނާ އެޅުމަށް އިސްލާމިކް މިނިސްޓްރީން، ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވީ، ގަލޮޅު ބިހުރޯޒް ކަމަނާ މިސްކިތާއި އިންވެގެން ދެކުނަށް ހުރި އެމިނިސްޓްރީގެ ގުދަން އިމާރާތް ހުރިބިމެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމާފައި ވަނީ، ވަޤުފުބިނާ އެތަނުގައި އެޅުމުގެ ބަދަލުގައި، އެބިނާ އެޅުމަށް މާލޭގެ އެހެން ސަރަހައްދަކުން ބިމެން ހަމަޖެއްސެވުމަށްކަމުަގއި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ބިހުރޯޒް ކަމަނާ މިސްކިތަކީ ތާރީޚީ ބިނާއަކަށް ވާއިރު، އަދި ތާރީޚާއި ޘަޤާފަތް ދިރުވައި އާލާކުރުމަކީ، މިސަރުކާރުގެ ވަރަށް މުހިއްމު އަމާޒަކަށް ވާތީ، މާލޭގައި އިތުރު ވަޤުފް ޢިމާރާތެއް އެޅުމަށްޓަކައި، މާލެއިން އެހެން ބިމެއް ހަމަަޖައްސައި ދެއްވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކަމަށެވެ.

އަދި ވަޤުފް އިމާރާތްކުރުމަށްޓަކައި ބިން ކަނޑައެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދިޔުމަށްވެސް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި ވާކަމުގައި ނާޒިމް ވިދާޅުވިއެވެ.

މާލޭ ބިހުރޯޒް ކަމަނާ މިސްކިތް ތާރީޚީ ގޮތުންނާއި އާސާރީ ގޮތުން ޚާއްސަވަނީ، ދިވެހިރާއްޖޭގެ ޤައުމީ ބަޠަލް އުތީމު މުހައްމަދު ތަކުރުފާނު، ފަހުން އައްސުލްޠާނުން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަވަހާރަފުޅުވެ ފަސްދާނުގައިވެޑުވި، އެރަސްފާނުގެ ޒިޔާރަތް ބިނާކުރެވިފައި ވަނީ އެމިސްކިތުގެ ހަރންމައިގެ ތެރޭގައި މިސްކިތުގެ އިރުމަތީ ފަރާތުގައި ކަމަށްވާތީއެވެ.

ރައީސް ޔާމީނުގެ ސަރުކާރުކާރުގައި އިސްލާމިކް މިނިސްޓްރީން 2017 ވަނަ އަހަރު މަރާމާތަށް ބިހުރޯޒް ކަމަނާ މިސްކިތް ބަންދުކުރުމަށްފަހުގައި އަލުން ހުޅުވިއިރު އެމިސްކިތުގެ ހުޅަނގު ފަރާތުން ހުރި ހަރިންމަތެރޭގައި ހުރި، ތާރީޚީ މަހާނަތަކާއި ބިސްތާނުތައް ނައްތައިލިއެވެ. އޭގެ ތެރޭގައި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް އުތީމު ތިންބެއިންނާއިި އެކު ޖިހާދުކުރެއްވި، ދުވާފަރު ދަންޑެހެލުގެ މަހާނަކަމަށް ކިޔައި އުޅުނު މަހާނަވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.