Advertisement

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތަކަށް ކުރީ ސަރުކާރުން ބިން ކަނޑައިދިނުން --

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މާލޭގެ ބޯހިޔާވަކަމުގެ ދަތިކަން ހައްލުކުރުމަށް ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އިއްޔެ ފަށައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ،  ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމުގެ މަސައްކަތް ިއްޔެ ފަށާފައިވާ ކަމަށެވެ. މިގޮތުން، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގަމުންދާނެ ކަމުގައިވެސް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ މި މިނިސްޓްރީއަށް ހުށަހެޅުމުން އެކަމެއް ބަލައި އިސްލާޙްކޮށްދޭނޭ ކަމަށެވެ. އަދި މިއަދުމިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހިންގި ބިންވެރިޔާ ސްކީމުގެ އެއްބަސްވުންތައް ނޮޓަރައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އިޢުލާނުކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ރެޖިސްޓްރީ ހަވާލުކޮށް ބިން ކަނޑައިދިނުމުގެ މަަސައްކަތް އަލުން ފަށާފައި މިވަނީ، ސަރުކާރު ބަދަލުވުމަށްފަހުގައި ގާތްގަނޑަކަށް ދޮޅު މަސްފަހުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ބޭނުންވާ ފަރާތްތަކަށް ހުޅުވާލުމުން، 23،088 މީހުން ފޯމު ހުށައެޅިއެވެ. އަދި ގޯއްޗަށް ޝަރުޠުހަމަވި އެންމެންނަށް ގޯތި ދެވެންދެން ބިންވެރިޔާ ސްކީމް ކުރިޔަށް ގެންދިޔުމަށްވެސް ކުރީ ސަރުކާރުން އޮތީ ނިންމާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.