Advertisement

02 Jan 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފްލެޓްތަކުގެ ރެޖިސްޓްރީ މިހަފްތާ ތެރޭގައި ދޫކުރަން ފަށާނަން: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ދައުރުގައި ދޭން ނިންމި ފްލެޓުތަކުގެ ރެޖިސްޓްރީ، މިހަފްތާ އައި މިއަންނަ ހަފްތާގެ ތެރޭގައި ދޫކުރާނެކަމަށް، ރައީސުލްޖުމްގޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިން، 'އެކްސް' ގައި އެމަނިކުފާނު ކުރެއްވެވި ޕޯސްޓެއްގައެވެ.

"ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ، ގޯތި/ފްލެޓް ހަވާލް ކުރުމަކީ އަޅުގަނޑު ވައުދުވީ ގޮތަށް ކުރިޔަށް ދާނެކަމެއް. މި ހަފްތާއައި މިއަންނަ ހަފްތާ ތެރޭ ރެޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ކުރިޔަށް ގެންދާނެ"، ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ޕޯސްޓްގައި ވެއެވެ.

މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ދައުރުގައި ބިން ދޫކޮށްފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ފަޅުތަކެއް ކަމުން، އެ ފަޅުތައް ހިންގުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން، ގުޅީ ފަޅާ، ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމުގެ މަސައްކަތް ވެސް އެ މަނިކުފާނުގެ ސަރުކާރުން ކުރިޔަށް ގެންދަވާކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން ނިންމެވިއެވެ. އަދި ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް ކުރީ ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.