Advertisement

ވިއްސާރައިގެ ގެއްލުންތައް ސަރވޭކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން މަސައްކަތުގައި -- ފޮޓޯ: އެންޑީއެމްއޭ

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއަށް ކުރި ވިއްސާރައިގައި 164 ގެއަކަށް ގެއްލުންވި: އެންޑީއެމްއޭ

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި 164 ގެއަށް ގެއްލުތައް ލިބިފައިވާ ކަމަށާއި، ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ސާރވޭކުރުމުގައި ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އެ އޮތޯރިޓީން ވިދާޅުވީ، ގެއްލުންތައް ބަަލައި ސަރވޭ ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި، ފުލުހުން އަދި ވެމްކޯ އާއި މޯލްޑިވިއަން ރެޑްކްރެސެންޓުންވެސް އެންޑީއެމްއޭއާއެކު ބައިވެރިވަމުންދާ ކަމަށެވެ.

އިއްޔެ މާލެއަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި، 164 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބުނު އިރު، މާލޭގެ 11 ގެއަކުން، 54 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހުނު ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އެހީ ސަރުކާރުން ފޯރުކޮށްދީފައިވާއިރު، ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ގެއްލުންތައް ލިބުނު ގޭގެއަށް ޒިޔާރަތްކުރައްވައި އެގޭގޭގައި ދިރިއުޅޭ މީހުން ހާލަތުވެސް ބައްލަވާލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.