Advertisement

ހުޅުލެ --

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފާއިތުވި 46 އަހަރު އެއްދުވަހެއްގައި ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނީ އިއްޔެ: މެޓް އޮފީސް

އިއްޔެއަކީ، 46 އަހަރުގެ ތެރޭގައި ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނު ދުވަސްކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ، އެންމެ ފަހުން ރެކޯޑް އަދަދަކަށް ހުޅުލެއަށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނީ 1977 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. އެދުވަހު ހުޅުލެއަށް 175 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށާއި، އަދި އިއްޔެ ހުޅުލެއަށް 179.7 މިލިލީޓަރުގެ ވާރޭ ވެހުނު އިރު، މިއީ ހުޅުލޭގެ ތާރީޚުގައިވެސް އެއްދުވަހަކަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވުނު ދުވަސް ކަމުގައި އޭނާ ވިދާޅުވިއެވެ.

މާލެއަށް އިއްޔެ 118.2 މިލިލީޓަރުގެ ވާރޭ ވެހުނު އިރު، މިހާތަނަށް މާލެއަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. އެފަހަރު މާލެއަށް 223 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. 

އިއްޔެ ހުޅުލެއަށް ވާރޭ ވެހުނުލެއް ބޯކަމުން ބައެއް ފްލައިޓްތައް ޑިލޭވެ އަދި އަނެއްބައި ފްލައިޓްތައް ޑައިވާޓްވެސް ކުރަން ޖެހުނުކަމުގައި އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.