Advertisement

26 Feb 2021
ރިޕޯޓް
ޢަލީ ސުލައިމާން

ފަތުރުވެރިކަމުގެ ނަމްބަރުތަކުން އުއްމީދު އާވެއްޖެ

1972 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފެށުނު ފަހުން، ފަތުރުވެރިކަމުގެ މުޅިން ހުއްޓުމަކަށް އައީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަ ބަންދުކޮށް، ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އޮތީ ކިހިނެއް؟

ރާއްޖޭގެ މުޅި އިޤުތިޞާދު ބިނާވެފައި ވަނީ ފަތުރުވެރިކަމަށެވެ. ރާއްޖެއަށް އެންމެ ގިނަ ބޭރުފައިސާ ވަންނަނީ ފަތުރުވެރިކަމުންނެވެ. އެހެންކަމުން ފަތުރުވެރިކަމަށް ކުރާ ސީދާ އަދި ނުސީދާ އަސަރުގެ ސަބަބުން އިޤުތިޞާދާއި ރައްޔިތުންގެ އާއްމު ދިރިއުޚުމަށް އެކަމުގެ އަސަރު ކުރެއެވެ.

1972 ވަނަ އަހަރު ފަތުރުވެރިކަން ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ އަހަރުން އަހަރަށް ކުރި އަރަމުންނެވެ. މިގޮތުން 2013 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އެރި އިރު ކޯވިޑާއިއެކު 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ބައިމިލިޔަނަށް ވަނީ ވެއްޓިފައެވެ.

2018 ވަނަ އަހަރު 1.4 މިލިޔަން ފަތުރުވެރިން ރާއްޖެ އައި އިރު، 2019 ވަނަ އަހަރު 1.7 މިލިޔަން ފަތުރުވެރިން ރާއްޖެއައެވެ.

މިއާއި އެކު 2020 ވަނަ އަހަރުގެ އަމާޒަކަށް ވެފައި އޮތީ 2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންއިން ފެނުނު ކޯވިޑް-19 އާއި އެކު ޗައިނާ ފުރަބަންދު ކުރި އިރު ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.

ކޯވިޑް-19 ޗައިނާގައި ފެތުރެން ފެށުމާއިއެކު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދި ދަށަށް ދިޔަ ނަމަވެސް، 2020 ވަނަ އަހަރުގެ މާރިޗުމަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް އައީ އިތުރުވަމުންނެވެ.

މާރިޗު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އޭޕްރީލް މަހު ރާއްޖެ ފުރަބަންދު ކުރުމާއި އެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ.  މިގޮތުން އޭޕްރީލް މަހުން ފެށިގެން ޖުލައި 15އަށް އެއީ ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ކަޅު ދުވަސްތަކެވެ.

ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަމުގެ ހަރަކާތްތައް ފެށި އިރު ފުރަތަމަ ދެމަހުގެ ތެރޭގައިވެސް 82 ރިޒޯޓުގެ އޮޕަރޭޝަންސްތައް ވަނީ ފަށާފައެވެ. އަދި އޮކްޓޫބަރު މަހު ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޯވިޑް-19ގެ ސަބަބުން ހުއްޓުނުފަތުރުވެރިކަން ހަލުވި ދުވެލީގައި ރަނގަޅުވަމުން އައިރު، ވަޒިފާގެއްލުނު ފަރާތްތަކަށް އަލުން ވަޒީފާތައް އިއާދަކޮށްދޭން ފެށުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއައި، އެއްލައްކަވަނަ ފަތުރުވެރިޔާ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެ އައިއިރު، 2020 ވަނަ އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު، 555،399 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. އަދި 2021 ޗަނަ އަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު 92،103 ފަތުރުވެރިން ރާއްޖެއަށް ޒިޔާރް ކުރި އިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރީ، 173،347 ފަތުރުވެރިންނެވެ.

މިއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލް ފެންނަނީ ކިހިނެއް؟

ކޯވިޑް-19އިން ސަލާމަތް ވުމަށް އޮތް އެންމެ މުހިއްމު ވަސީލަތަކީ ވެކްސިން ކަމަށް ވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިންގ ދިނުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި ކަމާއި ބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

ކޯވިޑާއިއެކު ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްކަށްވެސް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔައެވެ. އެހެން ނަމަވެސް އޮންލައިންކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަށް އެމްއެމްޕިއާރްސީން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި ދުރަތަމަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ލިބިފައިވަނީ، ނޮވެމްބަރު މަހުގެ،27 ވަނަ ދުވަހުގެ ރޭގައެވެ.

އަދި އަލަށް ތަޢާރަފް ކުރެވުނު މޯލްޑިވުސް ބޯދަރ މައިލްސް އާއިއެކު ރާއްޖޭގެ ޓުއަރިޒަމަށް އައު ދިރުމެއް އަންނާނެއެވެ. ކޯވިޑުގެ ފުރަބަންދަށްފަހުގައި ރާއްޖޭގެ ފަތުރުވެރިކަން ޑިސެމްބަރު މަހާއި ޖެނުއަރީމަހު ވަރަށް ބޮޑަށް ރަނގަޅުވެފައި ވާއިރު، މިއަހަރު ފަތުރުވެރިކަން ރަނގަޅުވަމުން އަންނާނެ ކަމަށް ދާއިރާގެ ތަޖުރިބާ ކާރުން އުއްމީދު ކުރެއެވެ.

2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް އާއި ކުރިމަތިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޯވިޑާއިއެކު ލިބުނު ގެއްލުންތަކުން އަރައި ގަނެވުމަކީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ވެސް އުއްމީދެވެ.

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ވަނީ މިއަހަރު އިތުރު 18 ރިޒޯޓެއް އަލަށް ހުޅުވޭނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން 9000 ވަޒީފާ އިތުރަށް އުފެދޭނެކަން ހާމަ ކުރައްވާފައެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު، 144 ރިޒޯޓާއި، 11 ހޮޓަލާއި، 135 ސަފާރީ އުޅަނދާއި، 324 ގެސްޓް ހައުސް އާއި އެކު ޖުމުލަ 43،320 އެނދު އޮޕަރޭޝަނަށް ގެނެވިފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.