Advertisement

31 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަހަރު ނިމުމަކަށް އައިއިރު އާސެނަލްއަށް ކުރިމަތިލާން މި ޖެހުނީ ނިމުމެއްގެ ފެށުމަކާ ބާ؟

އިންގްލިޝް ޕްރިމިއަ ލީގުގައި މިރޭ ފުލަމް އާއި އާސެނަލް ބައްދަލުކުރި މެޗު 2-1 ން ފުލަމް ކާމިޔާބުކޮށްފިއެވެ. ފުލަމްގެ ކްރޭވަން ކޮޓޭޖުގައި ކުޅުނު މި މެޗުން ލިބުނު ނާކާމިޔާބީއާއެކީ، މީގެ ހަފްތާއެއް ކުރިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލް މިހާރު މިވަނީ 4 ވަނައަށް ވެއްޓިފައެވެ.   

އާސެނަލް ލީގުގައި އެންމެ ފަހުން ކުޅުނު 5 މެޗުން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. އެހެންކަމުން، ހޯދެން އޮތް 15 ޕޮއިންޓުގެ ތެރެއިން އެ ޓީމަށް ހޯދިފައި މިވަނީ 4 ޕޮއިންޓެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ އެއްވަނައިގައި އޮތުމަށްފަހު، ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިވުމާ، މެޗުތަކުން މޮޅު ވުމުގެ ރޭޓު ދައްވެފައިވުމީ، ލީގު ހޯދުމަށް އާސެނަލް ކުރަމުންދާ މަސައްކަތްތަކަށް ހިތި ނިމުމެއް އައުމުގެ ފެށުންބާއެވެ؟

މިރޭގެ މެޗުގައި އާސެނަލްއިން ވަރަށް ކުރީކޮޅު ލީޑު ނެގިއެވެ. އެއީ މެޗުގެ 5 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން ގޯލަކުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުލަމް އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ، ތިން މެޗުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު އެނބުރި އައިސް، އެ ޓީމުގެ ފޯވާޑް، ރައުލް ހިމެނޭޒްއެވެ. ފުލަމް އިން ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ ޖެމެއިކާ ކުޅުންތެރިޔާ، ބޮބީ ޑި ކޯޑޮވާ-ރީޑް ކާމިޔާބުކުރި ގޯލަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ޑެކްލަން ރައިސް ބުނީ، އެ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުން ނެރެވުނު ނަތީޖާތަކަށް ހިންހަމަ ނުޖެހޭ ކަމަށެވެ. އަދި ވެސްޓް ހަމް އަތުން ބަލިވި މެޗުގައި ޓީމުގެ ފަރާތުން ރަގަޅު ކަންތައްތަކެއް ފެނުނު ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން، އިދިކޮޅުގެ އޭރިޔާ ތެރެއިން ގިނަ ހަމަލާތަކެއް އުފައްދާ ގޯލަށް ނުރައްކާ ކުރެވުނުކަމަށް ބުނެޏެވެ. ނަމަވެސް ވެސްޓް ހަމް ބަލިނުކުރެވުނީ، ލިބުނު ފުރުސަތުތައް ބޭކާރުވުމުން ކަމުގައި އޭނާ ފާހަގަ ކުރެއެވެ.

އެންމެ ފަހުން ކުޅުނު 3 މެޗުން ފުލަމް ކޮޅަށް 8 ގޯލު ވަދެ، އިދިކޮޅަށް ކުޅުނު އެއްވެސް ޓީމެއްގެ ކޮޅަށް ފުލަމްއަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗުތައް ގެއްލުނު ނަމަވެސް، މިރޭ އާސެނަލް ބަލި ކުރެވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިންހަމަ ޖެހުމެކެވެ. އެ ޓީމު މިހާރު އޮތީ 20 މެޗުން ލިބުނު 24 ޕޮއިންޓާއެކީ ލީގުގެ 13 ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.