Advertisement

ނޮޓިންހަމް ފޮރެސްޓްގެ ރޮޑްރިގޭޒް ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ

31 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފޮރެސްޓް އަތުން ބަލިވެ ޔުނައިޓެޑު 35 އަހަރު ފަހަތަށް

އިންގްލިޝް ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނޮޓިންހަމް ފޮރެސްޓް އަތުން 2-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، އެ ޓީމަށް މި އަހަރު ނިންމާލަން ޖެހުނީ ދަނޑުމަތީގައި ކާމިޔާބާ ބީރަށްޓެހި ބައެއްގެ ގޮތުގައެވެ.

ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާ ބަލިކުރުމުން، ޓީމަށް ކުރިމަތިވެފައިވާ އުނދަގޫ ދުވަސްތަކާއި މަޑުމަޑުން ދުރަށް ދެވެން އުޅޭ ކަމުގެ އިހްސާސްތަކެއް އެ ޓީމުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ކުރުވި ކަހަލައެވެ. ނަމަވެސް އިދިކޮޅު ޓީމުގެ ގޯލު ކުރިމަތީގައި ރަގަޅު ކުޅުމެއް ނުދެއްކި، ޔުނައިޓެޑަށް އަހަރު ނިންމާލަން މި ޖެހުނީ އަނެއްކާ ވެސް ބައްޔަކުންނެވެ.

މި ސީޒަނުގައި ޔުނައިޓެޑު ކުޅުނު 20 މެޗުގެ ތެރެއިން މިހާރު 9 މެޗުން ބަލިވެފައިވާއިރު، މިދިޔަ ސީޒަން އެއްކޮށް ކުޅެ ގެއްލުނު މެޗުތަކުގެ އަދަދާއި މިހާރު މިވަނީ އެއްވަރުވެފައެވެ. އެ ޓީމުގެ ފަރާތުން މިހާ ދަށް ނަތީޖާތަކެއް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މީގެ 35 އަހަރު ކުރިން، 1989/90 ސީޒަންގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ފޮރެސްޓުންނެވެ. އެ ޓީމުގެ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 64 ވަނަ މިނެޓުގައި ރޮޑްރިގޭޒްއެވެ. ޔުނައިޓުން ނަތީޖާ ހަމަހަމަ ކުރީ ފޮރެސްޓުގެ ކީޕަރަށް ހެނދުނު މިސްޓޭކެއްގެ ބޭނުން ހިފައި، ރަޝްފޯޑެވެ. އެއީ މެޗުގެ 78 ވަނަ މިނެޓުގައެވެ.

މެޗުން މޮޅުކޮށްދިން ގޯލު ފޮރެސްޓަށް ކާމިޔާބު ކޮށްދިނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، 82 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޖާޒީގައި ކުރިން ކުޅުނު އެލާނގާ ކުރި ހުރަހަކުން، ގިބްސް-ވައިޓްއެވެ. މިއީ 1992 ވަނަ އަހަރަށްފަހު، ފޮރެސްޓުން ޔުނައިޓެޑުގެ މައްޗަށް ހޯދި ފުރަތަމަ ކާމިޔާބީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.