Advertisement

29 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެސްޓް ހާމް އަތުން ބަލިވެ ލީގު އެއްވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް ގެއްލިއްޖެ

އިންގްލިޝް ޕްރިމިއަ ލީގުގައި ރޭ ވެސްޓް ހާމް އިން އާސެނަލްގެ މައްޗަށް ކުރި ހޯދައި، ލީގުގެ ތައްޓަށް ވާދަކުރަމުން އަންނަ އާސެނަލްއަށް މާޔޫސްކަން ގެނުވައިފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވެސް ހާމް އިން ކާމިޔާބުކުރީ 2-0 އިންނެވެ.

މި މެޗު ގެއްލުމުން، އާސެނަލްއަށް މިވަނީ ލީގުގެ އެއްވަނައަށް އަނބުރާ ދިއުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. އަދި މިއީ މި ސީޒަންގައި އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗު ވެސް މެއެވެ.  

ވެސްޓް ހޭމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ މިޑްފީލްޑަރު ތޯމަސް ސޯޗެކްއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 5 ވަނަ ލީގު ގޯލެވެ.

އެ ޓީމުގެ ދެވަނަ ގޯލު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ، ކުރިން އާސެނަލްއަށް ވެސް ކުޅެފައިވާ ޑިފެންޑަރ ކޮންސްޓެންޓިނޯސް މެވްރޮޕާނޯސްއެވެ. މިއީ ޖޭމްސް ވާޑް-ޕްރޯސްގެ ކޯނަރަކުން، މެވްރޮޕޯނަސް ބޮލުން ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި މިއީ ޕްރިމިއަ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލުވެސް މެއެވެ.

މި ނަތީޖާއާއެކީ، ލީގު އެއްވަނައިގައި އޮތް ލިވަޕޫލަށް އާސެނަލްއަށް ވުރެން ދެ ޕޮއިންޓް އިތުރަށް ލިބިފައިވެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑުން މި ހަފްތާގައި ފަހަތުން އަރާ އެސްޓަންވިލާ ބަލިކޮށްފައިވުމުން، އިތުރު ޕޮއިންޓެއް ނުލިބި އެސްޓަންވިލާ އޮތީ 39 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.