Advertisement

ވިކްޓްރީގެ އުމައިރު، ފޮތޯ: ސިޑިބަރި

28 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޕީކޭ ބަލިކޮށް ވިކްޓްރީއިން މުބާރާތް ފެށީ ތިން ޕޮއިންޓާއެކު

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް-ސީގެ ފުރަތަމަ މެޗު ވިކްޓްރީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން، ވިކްޓްރީ ތިން ޕޮއިންޓު ހޯދީ، 3-0 އިން ކްލަބް ޕީކޭއާ ބަލިކުރުމަށްފަހުއެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުން ދަނޑުމަތީގައި އެތުރިލައިގެން ތިބިއިރު، ދެ ޓީމުންވެސް ފެނުނު ގިނަ ކުޅުންތެރިންނަކީ ގަލޮޅު ދަނޑުން މީގެ ކުރިން ވެސް އާދަކޮށް ފެނިފައިވާ ކުޅުންތެރިންނެވެ. މިއަދު ތަފާތުވިކަމަކީ، އެ ކުޅުންތެރިން ކުޅެން ނިކުމެތިބި ޑިވިޝަނެވެ.

ވިކްޓްރީއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭފްއެވެ. މީނާއަކީވެސް މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ވިކްޓްރީއިން ލީޑު ފުޅާކުރީ ދެވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފާރޫކް ހައިދަރޯވްއެވެ. އަދި ފަހު ގޯލު ކާމިޔާބުކޮށްދިނީ ބެލަރޫސް ފޯވާޑް، އިވާން ވެރާސްއެވެ.

މި ނަތީޖާއާއެކީ، ވިކްޓްރީން މުބާރާތް ފަށާފައި މިވަނީ ގްރޫޕްގެ އެއްވަނައިގައެވެ.

ދެވަނަ ޑިވިޝަނުގެ މެޗެއް ދެން އޮންނާނި މިއަންނަ ހޮނިހިރު ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.