Advertisement

28 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުރަތަމަ ޑިވިޝަނަށް އެރުމަށް ކުރާ މަސައްކަތުގައި ވިކްޓްރީއިން މިއަދު އާ ބާބެއް ފަށާނެ

މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކުޅޭ ފުރަތަމަ މެޗު މިއަދު ގަލޮޅު ދަނޑުގައި އޮންނާނެއެވެ. ހަވީރު 3:50 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ވިކްޓްރީއިން ނިކުންނާނީ ކްލަބް ޕީކޭއާ ދެކޮޅަށެވެ.

މި މެޗަކީ ގްރޫޕް-ސީގެ ފުރަތަމަ މެޗެވެ. މި ގްރޫޕުގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ލޮރެންޒޯ ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް އަދި ލެގޫންސް ސްޕޯޓްސް ކްލަބެވެ.

މި އަހަރުގެ ދެވަނަ ޑިވިޝަނުގައި 15 ޓީމު ވާދަކުރާއިރު ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކުއާޓާއަށް ދަތުރުކުރާނެއެވެ. މީގެ އިތުރުން ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ދެ ޓީމަށް ވެސް ކުއާޓާއިން ފުރުސަތު ލިބޭނެއެވެ. އަދި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާނީ ފައިނަލަށްދާ ދެ ޓީމެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގައި ވެސް ވިކްޓްރީއިން ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުގައި 16 ޓީމެއް ވާދަކުރިއިރު، މުބާރާތް ކުރިޔަށް ގެންދިޔައީ ގްރޫޕްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ނަމަވެސް 7 މެޗުން ލިބުނު ޖުމްލަ 10 ޕޮއިންޓާއެކީ ވިކްޓްރީއަށް ޖެހުނީ ސެމީއަށް ނުގޮސް، މުބާރާތުން ވަކިވާށެވެ.

މި އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ވިކްޓްރީއިން އިތުރަށް މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެ ޓީމުގެ ކްޕެޓަންކަން ކުރިންކޮށްފައިވާ، އަދި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިނުމަށްފަހު މިހާރު ކޯޗުކޮށްދިނުމުގައި ހަރަކާތްތެރިވާ ސޮބާޙް މުޙައްމަދު އިބްރާޙިމް (ސޮބާ) ވަނީ އެ ޓީމަށް ގެނަސްފައެވެ. އަދި ސޮބާއާ އެކު އަކުރަމް އަބްދުލް ޣަނީ އާއި މުހައްމަދު އުމޭރު ވެސް ވަނީ މި އަހަރުގެ ފެބުރުއަރީ މަހު ވިކްޓްރީއަށް ސޮއިކޮށްފައެވެ.

އުމެއިރު (ކ)، ސޮބާ (މ) އަދި އަކޫ (ވ)

ކުރީގެ ކުޅުންތެރިންނަށް މުސާރަ ދީފައި ނުވުމުން، ގާތްގަނޑަކަށް ތިން އަހަރު ވަންދެން ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވައިލުމަށް އެފްއޭއެމްގެ ކޮންގްރެސް އިން ފާސްކުރީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ.

 އެ ނިންމުމާއެކީ އެ ޓީމުންވަނީ ފުރަތަމަ ޑިވިޝަނަށް އަނބުރާ ޕްރޮމޯޓުވުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.