Advertisement

28 Dec 2023
ކުޅިވަރު

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލީ ޓޮމް އާއި މުފާ

މި އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ސީއީއޯ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) ކުރިމަތިލައިފިއެވެ.

މިއީ ޓޮމް މި މަގާމަށް ކުރިމަތިލި ތިން ވަނަ ފަހަރެވެ. އޭނާވަނީ 2016 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށްފައެވެ. އެ ފަހަރު ރައީސްކަމަށް ކުރިމަތިލީ ޓޮމް އެކަންޏެވެ. ފަސް އަހަރަށް އިންތިހާބުވި ނަމަވެސް ޓޮމްއަށް މަގާމުގައި ހުރެވުނީ ތިން މަހާއި ދުވަސްކޮޅެކެވެ.

އެފްއޭއެމްގެ އޭރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މަގާމުން ވަކި ކުރުމުގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ނުކޮށް އޭނާ މަގާމުން ވަކިކުރިކަމަށް ބުނެ، ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެފްއޭއެމްގެ އޭރުގެ އެކްސްކޯގެ ފަސް މެމްބަރުން އެއްފަހަރާ އިސްތިއުފާ ދިނެވެ. އެހެންކަމުން އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ ޓޮމްއަށް މަގާމު ގެއްލުނީއެވެ.

އެއަށްފަހު 2016 ވަނަ އަހަރުގެ ނޮވެމްބަރުގައި އެފްއޭއެމްގެ ރައީސަކު ހޮވުމަށް އަލުން ބޭއްވި އިންތިހާބުގައި ޓޮމް ވާދަކުރިއެވެ. ނަމަވެސް، ޓޮމްގެ މައްޗަށް ކުރި ހޯދައި އެ އިންތިހާބު ކާމިޔާބުކުރީ، ޓޮމްގެ ރައީސްކަމުގައި ޖެނެރަލް ސެކްރެޓަރީކަމުން ވަކިކުރި ބައްސާމްއެވެ.

މި އިންތިހާބުގައި ޓޮމްއާ ވާދަކުރާ މުފާއަކީ ބައްސާމްގެ އެކްސްކޯގައި ހިމެނުނު މަޖިލީހުގެ ހަތަރު މެމްބަރުންގެ މަގާމުތައް ގެއްލުމުން، ބަދަލުގައި އެކްސްކޯއަށް އައްޔަންކުރި މީހުންގެ ތެރޭގައި ހިމެނިގެން ބައްސާމްއާއެކު ފާއިތުވި ދެ އަހަރު އެކްސްކޯގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އަދި އީގަލްސްއަކީ ވަރުގަދަ ޓީމަކަށް ހެދުމަށް މުފާ އެ ކްލަބާއިއެކު މަސައްކަތްކުރަމުން އަންނަތާ 15 އަހަރު ވެއްޖެއެވެ.

ޓޮމްގެ ޓީމުގައި ހިމެނެނީ ނައިބު ރައީސަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު، އިމްރާން މުހައްމަދު، މާޒިޔާގެ ސީއީއޯ އަދި ބައްސާމްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި މަސައްކަތް ކުރި، ހުސައިން ޝާފިއު، މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު އަދި އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)އެވެ.

މުފާގެ އެކްސްކޯގެ އެއް ނައިބު ރައީސަކީ މުއާވިޔަތެވެ. ސީނިއާ ނައިބު ރައީސް އަކީ ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަންއެވެ. އެކްސްކޯގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކުޑަ ހެންވޭރު ޓީމު އަދި ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ކުރީގެ ޑިފެންޑަރު އަދި ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މިރްފަތު އަދި ބުރުގެ މުހައްމަދު ހަސަންއެވެ.

އެފްއޭއެމްގެ އިންތިހާބު އަވަސްކުރުމަށް މިހިނގާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެ އިދާރާއިން ނިންމިއިރު، މި އިންތިހާބާ ބެހޭ ކަންތައްތަކެއް އޮޅުންފިލުވަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެ އިދާރާއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. ކޮމިޝަނަރު ފޮނުވާފައިވާ ސިޓީގައި، އިންތިހާބާ ގުޅޭގޮތުން ނިންމި ނިންމުމުގެ ތަފްސީލާއި އެފްއޭއެމްގައި މި ވަގުތު އޮތް ހިންގާ ކޮމިޓީގެ ބާކީ އޮތް މުއްދަތު ހަމަވާން ގިނަ ދުވަސްތަކެއް އޮއްވައި އަވަހަށް އިންތިހާބެއް ބާއްވަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމި ސަބަބާއި، އިންތިހާބު އަވަހަށް ބާއްވަން ނިންމި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާއާއި ޔައުމިއްޔާ އަދި އެ ބައްދަލުވުމުގެ ހާޒިރީގެ އިތުރުން އެފްއޭއެމްގެ ދާއިމީ މެމްބަރުންގެ ލިސްޓު ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ އިތުރު ތިން މެންބަރަކު އިސްތިއުފާ ދިނުމުން، އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ މިހާރުގެ ރައީސް ބައްސާމްގެ މަގާމުވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ގެއްލިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.