Advertisement

މަސްއޮޑި ސްޕޯޓްސް ކްލަބަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނުމަށްފަހު އިއްބެ، ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

27 Dec 2023
ކުޅިވަރު

ދެވަނަ ޑިވިޝަން ފަށައިފި، ފުރަތަމަ މެޗު ކާމިޔާބުކުރީ މަސްއޮޑިން

ތަފާތު ސަބަބުތަކާއި ހުރެ އެތައް ފަހަރެއްގެ މަތުން ފަސްކުރަންޖެހުނު ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގައި ދެވަނަ ޑިވިޝަނަށް ޕްރޮމޯޓުވި މަސްއޮޑި ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަސޭހަކަމާއެކު 4-0 އިން ކާމިޔާބުކުރީ މަސްއޮޑިއެވެ.

މަސްއޮޑީގެ ހުދު ޖާޒީގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ވަނީ އިއްޔެ ފެނިގެންގޮސްފައެވެ. މިއީ ކްލަބް ފުޓުބޯޅައާ އަހަރަކަށް ވުރެން ގިނަ ދުވަހު ދުރުގައި ހުރުމަށްފަހު، އޭނާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ. މި މެޗުގައި މަސްއޮޑީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ވެސް އިއްބެއެވެ. މިއީ މިދިޔަ ސީޒަނުގެ ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ޖެހި ގޯލަށްފަހު، އޭނާ ކްލަބް ފުޓުބޯޅައިގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އިއްބެއަށް މި ސީޒަނުގައި ފުރަތަމަ ޑިވިޝަން ކުޅެވޭގޮތް ނުވީ، އޭނާ ވެލެންސިއާއަށް ސޮއިކުރި ނަމަވެސް، ފީފާގެ ސަސްޕެންޝަނާހެދި އޭނާ ޓީމުގައި ރެޖިސްޓްރީ ނުކުރެވުމުންނެވެ. އެއާއެކު އިއްބެ ނިންމީ ސެކަންޑް ޑިވިޝަން މުބާރާތުގައި ވާދަކުރުމަށެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީ ގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި މިއަހަރު 15 ޓީމު ވާދަކުރާއިރު، ޓީމުތައް ބަހާލާފައިވަނީ 3 ގްރޫޕަކަށެވެ.

ދެވަނަ ޑިވިޝަންގެ ގުރޫޕްތައް:

• ގުރޫޕް އޭ: މަސްއޮޑި ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، އެލްޓީ ސްޕޯޓްސް ކްލަބް

• ގުރޫޕް ބީ: ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް

• ގުރޫޕް ސީ: ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ލޮރެންޒޯ ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް، ލެގޫންސް ސްޕޯޓްސް ކްލަބް

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.