Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރުން ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއަކީ ސިކުނޑިތައް ބިނާކުރުން - ރައީސް

މިސަރުކާރުން ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއަކީ ސިކުނޑިތައް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިކުނޑިތައް ބިނާކުރުމަކީ މިސަރުކާރުގެ އެންމެބޮޑު އެއް މަޝްރޫޢު ކަމަށާއި، ކިތަންމެ އުސްކޮށްވެސް އިމާރާތް ހެދިދާނެކަމަށާއި އެހެންނަމަވެސް އެ އިމާރާތް އެހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ ޤައުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރަށް މަހެއްހާ ދުވަސް، ހައެއްކަ ހަފްތާ މި ވީއިރުގައި، އެންމެ ފުރަތަމަ ބިނާކުރާ އިމާރާތް އަޅުގަނޑުމެން ގަސްތުކުރީ، ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހަދަން. އެގޮތުން، ވަރަށް އުފާކުރަން، މިއަދު މިތަނުގައި ސަތާރަ ސަތޭކައެއްހާ ކުދިންނަށް ކިޔަވައިދެވޭ ގޮތަށް މި ބައްޓަން ކުރެވޭ އިމާރާތް އެޅުމުގެ މަސައްކަތް ފެށޭތީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި، ތަޢުލީމަށާއި މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ހަފްތާ 14 ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން ޙާސިލްކުރަން ބޭނުންވާ ކަންކަން ހިމަނުއްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.