Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް ސަރުކާރަށް ލިބިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެސް.އީ.ޒެޑް. ޤާނޫނުގެ ދަށުން، އެސް.އީ.ޒެޑް. އިންވެސްޓްމަންޓްތަކަށް މިހާރު އޮތީ ހުޅުވާލާފައި ކަމަށެވެ. މިގޮތުން އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑައަގަކަށް 100 މިލިއަން ޑޮލަރު ކަނޑައެޅީ މިސަރުކާރުންނެވެ. 

އެސްއީޒެޑްގައިން އިންވެސްޓް ކުރުމުގެ ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާކަން އިޢުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރަތަމަ ޕްރޮޕޯސަލް އަކީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމަށް ލިބިފައިވާ ޕްރޮޕޯސަލްއެއް ކަމަށެވެ.

"ފުރަތަމަ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯޒަލްއަކީވެސް ރިނިއުބަލް އެނަރޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސް.އީ.ޒެޑް. ޕްރޮޕޯޒަލެއް. އެ ޕްރޮޕޯޒަލް އަޅުގަނޑުމެންނަށް ލިބިފައިވާކަން އުފަލާއެކީގައި އަޅުގަނޑު އިޢުލާނު ކުރަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވަނީ އެޕްރޮޕޯސަލް އާއިއެކު ރާއްޖޭގައި ފެށިގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުވެގެންދާނީ، ކޮޕް-28ގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާސިލްކުރުމަށް ކޮޕްގައި ހިމެނޭ ޤައުމަކުން ފުރަތަމަ ފަށާ މަސައްކަތަށް ވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރު 100 މިލިއަން ރުފިޔާއަށް ދަށްކޮށް، ރައީސް ޑރ. މުއިއްޒު ޤަރާރެއް ނެރުއްވީ، މިޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. މިގޮތުން އެސްއީޒެޑްގައި 9 ދާއިރާއަކުން އިންވެސްޓް ކުރުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތަކާއި، ޓްރާންސްޝިޕްމެންޓް ޕޯޓާއި އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓު، އެއާޕޯޓު، ބަލްކް ބްރޭކިން، ބަންކަރިން އާއި ޑޮކިން ސާވިސަސް އާއި، ޔުނިވާސިޓީ، ޓާޝާރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީ ތަރައްޤީކުރުމާއި، ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޤާއިމްކުރުމެވެ. އޭގެ އިތުރުން، އިންޓަނޭޝަނަލް ފައިނޭންސް ސާވިސަސް އާއި، އިޔާދަ ކުރަނިވި ހަކަތަ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެ އަށް އާންމު ކުރުމަށް ހިންގޭ މަސައްކަތާއި، ފުޑް ސެކިއުރިޓީގެ ދާއިރާގެ އިތުރުން، ގޭސް އެކްސްޕޮލޮރޭޝަންގެ މަސައްކަތްތައް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ޤާނޫނު ފާސްކުރީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.