Advertisement

މަސީގެ ފުރަތަމަ އެވޯޑް ހަފްލާގައި އެވޯޑްތައް ލިބިވަޑައިގެންނެވި ބޭފުޅުން ---

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަސީން ރައީސުލްޖުމްހޫރިއްޔާއަށް، "ބޮޑު ރަސްގެފާނު ލަޤަބު" އަރުވައިފި

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، (މަސީ)އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް "ބޮޑުރަސްގެފާނު ލަޤަބު"ގެ ނަމުގައި ލަޤަބެއް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް، މިލަޤަބު އެރުވުމާއި އެވޯޑު ހަވާލުކުރެއްވުން އޮތީ، މިރޭ ބޭއްވި، މަސީގެ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައެވެ. އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް ހަވާލުކޮށްދެއްވީ، ރައިސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަޤާމާއި، މަސީގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޢަލީ ޖަނާޙްއެވެ.

މަސީން މިލަޤަބާއި އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވީ، އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމުގައި ހުންނަވައިގެން އޭރުގެ ސަރުކާރުން ހިންގެވި ޢުމުރާނީ ތަރައްޤީގެ ބޮޑެތިބިޔަ މަޝްރޫޢުތައް ފާހަގަކޮށްފައެވެ. މިގޮތުން ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި 7 އަހަރުގެ ތެރޭގައި، ސަރުކާރުން ރާއްޖޭގައި ހިންގި ޢުމުރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ސިނަމާލެ ބުރިޖުއެޅުމާއި، ހިޔާގެ މަޝްރޫޢު ހިންގުމާއި، ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރުމާއި، މާލޭގެ މަގުތައް އަލުން ހެދުމާއި، މާލެއަށް ހިތްފަސޭހަކަން ގެނައުމުގެ ގޮތުން ޕާކުތަކާއި މައިޒާންތައް ހެދުމާއި، ސަލްޓަންޕާކު އަލުން ރަސްރަނި ބަގީޗާގެ ނަމުގައި ތަރައްޤީކުރެއްވުން ހިމެނެއެވެ.

މަސީގެ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ހަފްލާއަކީ، އެ ޖަމިއްޔާއިން އެވޯޑެއް ތަޢާރަފްކޮށް ބޭއްވި މިފަދަ ފުރަތަމަ ޙަފްލާއެވެ.

މި ޙަފުލާގައި ވަނީ، އިމާރާތްކުރުމުގެ މަސައްކަތުގެ ދާއިރާއިން،  ޙަޔާތީ އަރުތަކުގެ އެވޯޑް ހާސިލުކުރި ފަރާތްތަަށްވެސް އެވޯޑު ދީފައެވެ، މިއވޯޑު ލިބިވަޑައިގަތް އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން، ޢަބްދުﷲ މުޙައްމަދަށާއި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.