Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

25 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ވަކި މަސައްކަތްތަކަކީ ހަމައެކަނި ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކެއްކަމުގައި ކަނޑައެޅުވުމަށް މަސައްކަތް ފައްޓަވައި އެކަމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލް ޖެންގައި މިރޭ ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ގަސްތުކޮށްފައި އޮތީ ވަކިދާއިރާތަކަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާތަކެއް ކަމުގައި ކަނޑައަޅައި އެދާއިރާތަކުގައި ބިދޭސީ މިހާރު މަސައްކަތްކުރަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވައި ނިންމުންތަކެއް ނިންމިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ އަދި މިއަދު ކެބިނެޓުގައި މަޝްވަރާކޮށް ނިންމި މުހިންމު ނިންމުންތަކުގެ ތެރެއިން އެއްކަމަކީ، ދިވެހި މޯލްޑިވިއަން އޮންލީ، އާދެ، ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއް ކަނޑައެޅުން. ފޭސްއައުޓް ކުރެވިގެން، ކުރިއަށް އޮތް އަހަރުތަކަށް ބަހާލެވިގެން، އެގޮތަށް ގޮސް އެހެން ކަނޑައެޅޭ ދާއިރާތަކެއް ކަނޑައަޅަން. ދެ އަހަރުން ގޮސް ފަސްއަހަރާ ހަމަޔަށް. އެކި ދާއިރާތަކަކީ ކަމާބެހޭ ސްޓޭކް ހޯލްޑަރުންނާވެސް އެކީގައި މަސައްކަތް ކުރެވި އަދި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދީ، އަދި މަސައްކަތް ލިބޭނެގޮތަށް ކަންކަން ބައްޓަންކުރެވި، މި ހުރިހާ ކަމެއް ކޮށްގެން، ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި މިއަދު ވާނެ ވަރަށްގިނަ ދާއިރާތައް ކަނޑައަޅާފައި." 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަށް ޚާއްޞަ ކުރުމަށް ކަނޑައެޅި މަސައްކަތްތަކުގެ ތެރޭގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއްވެސް ހިމެނޭކަމަށެވެ.

މިގޮތުން، އެއީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާކަމަށާއި، އެދާއިރާތަކަކީ ކުރިޔަށް އޮތްތަނުގައި ހަމައެކަނި ދިވެހިން މަސައްކަތްކުރާނެ ދާއިރާތަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ދިވެހިވަންތަކަން ހުރިހާކަމެއްގެ ތެރެއަށް ގެނައުން ކަމަށެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ދެވަނައަށް އެންމެބޮޑު އިންޑަސްޓްރީއަށްވާއިރު އެފަދަ ބަދަލުތައް ގެންނަން ޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ 20 އަހަރުގެ މާސްޓަރ ޕްލޭން ތެރޭގައި، ސަރުކާރުގެ ވިސްނުމަކީ، މުޅި އިންޑަސްޓްރީއަކީވެސް ދިވެހިން އެކަނި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ހެދުންކަމަށެވެ.

"ދިވެހިންނަށް ވަޒީފާ ހޯދައިދިނުން، ވަޒީފާ އެންމެންނަށް، މި ސިޔާސަތު އެއީ، އަޅުގަނޑު ކެމްޕެއިންގައި އިޢުލާނުކުރި، އަޅުގަނޑުމެން ތަންފީޒު ކުރާނެ މުހިންމު އެއް ސިޔާސަތު. އެ ސިޔާސަތުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މި އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަކީ، ދިވެހިންނަށް ޚާއްޞަ ފީލްޑްތަކެއް ދެވިގެން މަސައްކަތްކުރާ މީހުންނަށް ހެދިއްޖިއްޔާ، މި ދެންނެވި ވަޒީފާ ލިބޭ މަގު ހުޅުވި، ފުރުޞަތު އެބަ ލިބޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެއީ، އަޅުގަނޑުމެންނަށް ހާސިލުކުރެވިގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ޔަގީން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ދިވެހިންނަށް ޚާއްސަ މަސައްކަތުގެ ދާއިރާތަކެއް ކަނޑައެޅުއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއިރު، ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އެގޮތަށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން ކޭޝިއަރުންގެ ގޮތުގައި ވިޔަފާރިތަކުން ދިވެހިން ނޫން ބަޔަކު ގެންގުޅުން މަނާވެސް ކުރިއެވެ. އެހެން ނަމަވެސް އެކަމުގެ މަޤުޞަދު ޙާޞިލްނުވެ ކުރިއެކޭ އެއްގޮތަށް މިހާރު ކުދިވިޔަފާރިތަކުގެ ކައުންޓަރުތަކުގައި ތިބެނީ ބިދޭސީންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.