Advertisement

އިމިގްރޭޝަންގެ މުވައްޒަުން -- ފޮޓޯ: އިމިގްރޭޝަން

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އައިޑީކާޑު ނެތަސް ޕާސްޕޯޓުގެ ވެރިފަރާތަށް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސައިފި

ޕާސްޕޯޓު ހެއްދުމަށްފަހުގައި ޕާސްޕޯޓާއި ހަވާލުވުމަށް އިމިގްރޭޝަނަށް އަންނަ ފަރާތަކީ، ޕާސްޕޯޓުގެ ވެރިފަރާތްނަމަ އެފަރާތުގެ އައިޑީކާޑު ނުގެނައި ނަމަވެސް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމުގައި އިމިގްރޭޝަނުން ބުނެފިއެވެ.

މިގޮތަށް މިކަން ހަމަޖެއްސެވީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު އެގޮތަށް ނިންމެވުމުންކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިބަދަލަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މިގެނައި ބަދަލާއި ގުޅޭ ގޮތުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތުން ހާޟިރުވާނަމަ އައިޑީކާޑު ގެނައުން ލާޒިމް ނުވާނެ ކަމަށާއި، އަދި 18 އަހަރު ނުވާ ކުދިންގެ ބެލެނިވެރިންނާއި ކުދިންނާއި އެކު ޕާސްޕޯޓާއި ހަވާލުވާން އަންނައިރު، އެފަރާތްތަކުގެ އައިޑީކާޑުގެ ފޮޓޯއެއް ދެއްކި ނަމަވެސް އައިޑީކާޑު ވެރިފައިކޮށްދޭނެ ކަމަށެވެ. 

މީގެ ކުރިން ޕާސްޕޯޓުގެ ވެރިފަރާތަށްވެސް އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރާނީ، އެފަރާތުގެ އައިޑީކާޑު ހުށައެޅުމުން ޕާސްޕޯޓު ބަލައި އައިފަރާތަކީ، ޕާސްޕޯޓުގެ ވެރިފަރާތްކަން ކަށަވަރުކުރުމަށް ފަހުގައެވެ. 

އަލަށް މިގެނައި ބަދަލާއިގުޅޭ ގޮތުން އިމިގްރޭޝަނުން ބުނީ، އެކަމުގެ މަޤުޞަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.