Advertisement

20 Jun 2021
ރިޕޯޓް
ޢަލީ ސުލައިމާން

އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގެދޮރުވެރިޔާ ލޯނު

އަތޮޅުތަކުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހުށައަޅާ ހައްލަކީ ގެދޮރުވެރިޔާ ލޯނެވެ. ސުވާލަކީ، މިލޯނުގެ ސަބަބުން ރައްޔިތުންނަށް ކުރާނީ ކޮންފައިދާއެއްތޯއެވެ. 

ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަކީ މާލެ އާއި އަތޮޅުތަކުގައި ބޮޑު މައްސަލައެކެވެ. މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން ބޮޑުއިރު، އަތޮޅުތަކުގެ ރަށްތަކުގައި ގެދޮރު ހެދުމަށް އޮތް އެންމެ ބޮޑުދަތިކަމަކީ، ފައިސާގެ ދަތިކަމެވެ. ރަށްފުށުގައި އާދައިގެ ވަޒީފާއެއް އަދާކުރާ މީހަކަށް އުމުރު ހުސްވާއިރުވެސް އަމިއްލަ ގޯތީގައި ގެދޮރު އެޅޭވަރެއް ނުވެއެވެ. އެހެންވެ އިންތިޚާބުތަކުގެ ކެމްޕޭންތަކުގައި ވޯޓުގަނެވިއްކުމުގެ ކަންކަން ހިނގަނީވެސް ރައްޔިތުންގެ ދިރިއުޅުމުގެ މިފަދަ ބޭނުންތަކާއި ހެދިއެވެ. މިމައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހުށައެޅި ހައްލަކީ، ގެދޮރުވެރިޔާ ލޯނެވެ. 

" މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުޞަތު ފަހިވެގެންދާނެ." ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯނަކީ، އަތޮޅުތަކުގައި އަލަށް ގެދޮރު އިމާރާތްކުރަން ބޭނުންވާ މީހުންނަށާއި، ގެދޮރު މަރާމާތު ކުރުމަށް ބޭނުންވާ މީހުންނަށާއި، އިމާރާތް އިތުރަށް ބޮޑު ކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތްތައް ނިންމާލުމަށް ޚާއްސަކޮށްފައިވާ ލޯނެކެވެ. 6 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދޫކުރާ މިލޯނުގެ އެންމެ މަތީ އަދަދަކީ 7 ލައްކަ ރުފިޔާއެވެ.

" މިސްކީމުގެ އަމާޒަކީ، އެމީހަކު ދިރިއުޅޭ ރަށެއްގައި، ވަޒަންވެރިވެ ދިރިއުޅުމަށް، އިޚްތިޔާރު ކުރުމަށް، ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް. ބޯހިޔާވަހިކަން ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން ލިބިގަތުމުގައި، އެންމެ ބޮޑަށް ދަތިވާ އެއް ސަބަބަކީ، ގެދޮރު އިމާރަތް ކުރުމަށް ބޭނުންވާ ފައިސާ ފަސޭހަ ގޮތެއްގައި ލިބެން ނެތުން" ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމް މެނޭޖުކުރާނީ، ހައުސިންގ ފައިނޭންސް ކޯޕަރޭޝަން އެޗްޑީއެފްސީންނެވެ. މިހާރު މިލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާއިރު، މިލޯން ދޫކުރާނީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. ގެދޮރުވެރިޔާ ލޯނު ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ޕްރޮޖެކްޓްގެ އަގުގެ 80% އިންސައްތަ ފައިސާ، ބާކީ %20 އިންސައްތަ. އަހަރަކު، %6 އިންޓަރެސްޓް ރޭޓާއިއެކު މިލޯނު އަނބުރާ ދެއްކުމަށް، ގިނަވަގެން ލިބެނީ 20 އަހަރެވެ. ލޯނު އަނބުރާ ދައްކާއިރު، އިތުރަށް ކިހާ ފައިސާއެއް ދައްކަން ޖެހޭނެތަ؟

7 ލައްކަ ރުފިޔާގެ ލޯނު އަނބުރާ ދެއްކުމަށް 15 އަހަރު އިޚުތިޔާރުކޮށްފިނަމަ، މަހަކު ދައްކަން ޖެހެނީ 5907 ރުފިޔާއެވެ. ލޯނު އަދާކޮށް ނިމޭއިރު ޖުމުލަ، 1063260 (އެއްމިލިޔަން ފަސްދޮޅަސް ތިންހާސް ދުއިސައްތަ ފަސްދޮޅަށް ރުފިޔާ) އެހެންކަމުން 7 ލައްކަ ރުފިޔާގެ ލޯނެއް ނަގައިފިނަމަ، އިތުރަށް، 363260 ރުފިޔާ ދައްކަން ޖެހެއެވެ. 7 ލައްކަ ރުފިޔާގެ ލޯނު ދެއްކުމަށް އިޚްތިޔާރު ކުރަނީ، 20 އަހަރު ނަމަ، މަހެއްގެ މައްޗަށް ދައްކަން ޖެހެނީ، 5015 ރުފިޔާއެވެ. ލޯނު ދައްކައި ނިމޭއިރު، 1203600 (އެއްމިލިޔަން ދެލައްކަ ތިންހާސް ހަސަތޭކަ) ރުފިޔާ އަނބުރާ ދައްކަންޖެހޭއިރު، 503600 ރުފިޔާ އިތުރަށް ދައްކަންޖެހެއެވެ.

ސުވާލަކީ މާލީ ތަނަވަސްކަން ނެތިގެން ގޯތި ގެދޮރު ނެތިފައި ތިބި މީހުންނަށް މިލޯނުން ލިބޭ ފައިދާއަކީ ކޮބައިތޯ؟

އަތޮޅުތެރޭގައި ދިރިއުޅުމަށް މީހަކު އަޅާގެއަކަށް މަހަކު 5000 ރުފިޔާ ދައްކަން ޖެހޭނަމަ، އެއަދަދުގެ އާމްދަނީއެއް މާލީ ތަނަވަސްކަން ނެތް މީހަކު ހޯދާނީ ކިހިނެއްބާ؟ އަތޮޅުތެރޭގައި ދިރިއުޅޭ ސަރުކާރު މުވައްޒަފުންގެ އަސާސީ މުސާރަވެސް 5000 ރުފިޔާއަށް ވުރެ ކުޑައެވެ. އަދި ބައެއް ރަށްރަށުގައި 3 ކޮޓަރީގެ ގެއެއްގެ މަހުކުލި 3000 ރުފިޔާއަށް ވުރެ ކުޑައެވެ.

އަތޮޅުތެރޭގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އަގުތަކާއި މިލޯނާއި ހުރި ތަފާތަކީކޮބާ؟

ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އަތޮޅުތެރޭގައި ތިންކޮޓަރި އާއި ތިންފާޚާނާ އަދި ބަދިގެ އާއި ސިޓިންގ ރޫމު ހިމެނޭ ގޮތަށް ވަކި ފަރުދަކަށް 7 ލައްކަ ރުފިޔާއިން ގެއެއް އެޅޭނެއެވެ. އެކަމަކު މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވުމާއި ލޯނުފައިސާ މެނޭޖްނުކުރެވުމުގެ ރިސްކު އޮންނާނެއެވެ. 

ސަރުކާރުން މީގެ ކުރިން އަތޮޅުތެރޭގައި ހިންގާފައިވާ ހައުސިންގ މަޝްރޫއުތަކުގައި ގެއަޅައި، ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ދޫކޮށްފައިވާ 3 ކޮޓަރީގެ ގެތަކުގެ މަހު ކުއްޔަކީ 2500 ރުފިޔާއެވެ. އަދި 20 އަހަރުން ދައްކައި ނިންމާނަމަ، ޖުމުލަ ދައްކަން ޖެހެނީ 600000 ލައްކަ ރުފިޔާއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރާއިރު ހަޤީޤަތުގައިވެސް މި މިންވަރުން ފުދޭނެބާވައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.