Advertisement

06 Jun 2021
ރިޕޯޓް
ޢަލީ ސުލައިމާން

ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރަން ޖެހިފައި!

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑުބައެއް ވަނީ ދުންފަތުގެ ވަބާގައި ޖެހިފައެވެ. ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް ތަފާތު ފިޔަވަޅުތައް ސަރުކާރުން އެޅި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުފެންނަނީ ކީއްވެބާ؟ 

މިޒަމާނުގެ ސައިންސްގެ ހޯދުންތަކުގެ އަލީގައި، ސިއްޙީ ދާއިރާގެ ހުރިހާ ބޭފުޅުންވެސް އިއްތިފާޤުވަނީ، ދުންފަތަކީ އެ ބޭނުން ކުރުން ހެޔޮ ނުވާނެ އެއްޗެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މުޅި ދުނިޔޭގައި އެންމެ ވަރުގަދަޔަށް ހިނގާ ވިޔަފާރިއަކީ، ދުންފަތާއި ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރިއެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ދުނިޔޭގައި ހިންގޭ ދުންފަތުގެ ވިޔަފާރީގެ އަގު 900 ބިލިޔަނަށް ވުރެ މަތީގައެވެ. 2020 ވަނަ އަހަރު ނިމުނު އިރު ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފައްދައިގެން ހޯދާ އާމުދަނީ ހުރީ 932 ބިލިޔަނުގައެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް، ދުންފަތާއި ދުންފަތުގެ ބާވަތްތައް އެންމެ ގިނައިން އުފައްދަނީ ކުރިއަރާފައިވާ ޤައުމުތަކުގައެވެ. މުޅި ދުނިޔޭގައި އަހަރަކު، 6.7 މިލިއަން ޓަނުގެ ދުންފަތް އުފައްދައެވެ. މީގެ ތެރެއިން، 40% އުފައްދަނީ ޗައިނާގައެވެ. އެއީ 2.6 މިލިއަންޓަނެވެ. ދެން އެންމެ ގިނައިން ދުންފަތް އުފައްދަނީ އިންޑިއާގައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ދުންފަތުގެ ބާވަތްތަކަށް ބޮޑު ހޭދައެއް ހިނގައެވެ. ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އައި ނަމަވެސް ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިއަކީ ރާއްޖޭގައިވެސް ވަރަށް ފުޅާ ވިޔަފާރިއެކެވެ. 

ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ފުޅާ ވިޔަފާރިއަކީ، ސިނގިރޭޓްގެ ވިޔަފާރިއެވެ. ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިޔަނަށް ވުރެ ގިނަ ސިނގިރޭޓާއި، 200 މިލިއަނެއްހާ ބިޑި އެތެރެ ކުރާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމުދަނީގެ ތިންބައިކުޅަ އެއްބަޔަކީވެސް ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން، އެކި ފަހަރު މަތިން 400 ޕަސެންޓާއި ހަމައަށް އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން، ސިނގިރޭޓް ފޮށިތަކުގައި އެއިންލިބޭ ގެއްލުމުގެ ފޮޓޯތައް ޖެހުމާއި، ދުންފަތާއި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމާއި، އުމުރުން 18 އަހަރުން ދަށުގެ ކުދީންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް، ވަކިން ސިގެރޭޓް ވިއްކުމާއި، ސައިހޮޓާއި ކެފޭ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ ވަކި އުސޫލެއްގެ މަތިން ކަމުގައި ކަނޑައާޅާފައިވެއެވެ. އެހެން ނަމަވެސް ސުވާލަކީ މިއިން އެއްވެސް ފިޔަވަޅަކުން އެދެވޭ ނަތީޖާއެއް ނުފެންނަނީ ކީއްވެތޯއެވެ.

ދުންފަތުން ގެއްލުން ލިބެނީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަކަށް ނޫނެވެ. އޭގެ ދުމުގެ އަސަރު ކުރާ އެހެން މީހުންނަށްވެސް ތަފާތުއެކި ބަލިތައް ޖެހެއެވެ. ދުންފަތާއި ދުންފަތާއި ގުޅުންހުރި ބަލިތަކުގައި މީ އަހަރަކު 8 މިލިޔަން މީހުން މަރުވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އެކި ގުނަވަންތަކަށް ކެންސަރު ޖެހޭއިރު، ރާއްޖޭގައި ކެންސަރުބަލި އަންނަނީ އިތުރުވަމުންނެވެ. މުޅި ދުނިޔޭގައިވެސް ކެންސަރު ބަލީގައި މަރުވާ މީހުންގެ 25% މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންނެވެ.

ރާއްޖޭގައި އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ފުރާވަރުގެ ކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ ހިފުމަކީ މުސްތަޤުބަލަށް އޮތް ކަންބޮޑުވުމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެހީތެރިވެ ދިނުމަށް މާލެ ސަރަހައްދުގައި 4 ކުލިނިކެއް ޤާއިމްކުރެވިފައިވެއެވެ. އެހެންކަމުން އަމިއްލައަށް ދުންފަތުގެ ވަބާއިން ސަލާމަތް ވުމަށް މަސައްކަތްކުރަންޖެހެއެވެ.

ދުންފަތާއި ގުޅޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ބޯ ކޮންމެ ސިނގިރޭޓަކާއިއެކު، ތިމާގެ އުމުރުން 5 މިނިޓް ކުރުވެގެންދެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ދުންފަތާއި ދުރުވާންޖެހެއެވެ. ދުންފަތަކީ ބޭކާރު ގޮތުގައި އަންދައިލެވޭ ފައިސާއެވެ. އެހެންކަމުން ދިވެހި މުޖުތަމައު ދުންފަތުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމުކަމަކީ އޭގެ ވިޔަފާރި މުޅިން ހުއްޓުވައިލުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.