Advertisement

17 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްއޭއެމްގެ ރައީސްކަމަށް ވާދަނުކުރަން ބައްސާމް ނިންމައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކު ހޮވުމަށް މި އަންނަ ޖެނުއަރީ މަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވާދަނުކުރުމަށް ނިންމައިފިއެވެ. 

ބެލެވޭ ގޮތުގައި އައު ދައުރަކަށް ކުރިމަތި ނުލުމަށް ބައްސާމް މި ނިންމެވީ އޭނާއަށް މިހާރު ކުރިމަތިވެފައިވާ ޕްރެޝަރުތަކާ ގުޅިގެންނެވެ. އެފްއޭއެމްގެ މަސައްކަތްތަކަށް ފީފާއިންނާއި ބޭރުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ފައިސާއަށް އިހުމާލުވެފައިވާކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް މިހާރު އަންނަނީ ޖިނާއީ ދައުވާވެސް ކުރަމުންނެވެ. 

އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާއިރު، މުސާރަ ނުލިބޭތީ މުވައްޒަފުން މަސައްކަތަށް ނުނިކުންނަން ހަޅުތާލެއްގައި ތިބުމުން، އެސޯސިއޭޝަން ހިންގުން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އަދި ފީފާ އިން ވަނީ ދާދި ފަހުން، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދޭން ޝަރުތުކޮށް ތިން ލައްކަ ޑޮލަރު ހަމަޖައްސާފައެވެ. އޭގެ ތެރެއިން އެއް ލައްކަ ޑޮލަރު ވަނީ އެފްއޭއެމްއަށް ފޮނުވާފައެވެ.

އެފްއޭއެމްއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އެންގެމަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، މިދިޔަ އޮކްޓޯބަރު 22 ގައި  އެފްއޭއެމްގެ އިދާރާ ރެއިޑް ވެސް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.