Advertisement

17 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިންގްލިޝް ޕްރިމިއަރ ލީގު މެޗެއްގައި ކުޅުންތެރިއަކު ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިއްޖެ

އިންގްލިޗް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އޭއެފްސީ ބޯންމައުތު އާއި ލުޓޯން ޓައުން އެފްސީ ބައްދަލު ކުރި މެޗުގައި، ލުޓޯންގެ ކެޕްޓަން ޓޮމް ލޮކިޔަރ ހުއްޓިގެން ދަނޑުމައްޗަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުމާއެކު މެޑިކަލް ޓީމުން ވަނީ ވަގުތުން ފަރުވާދޭންފަށާފައެވެ.

މެޑިކަލް ޓީމުން ފަހުން ހާމަކުރި ގޮތުގައި އޭނާ ވެއްޓުނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މިހާރު އޭނާގެ ހާލަތު ރަގަޅުވަމުން އަންނަކަމަށް ވެސް މެޑިކަލް ޓީމުން މައުލުމާތުދެއެވެ

ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ލޮކިޔަރ ވެއްޓުނީ ދަނޑުގެ ސެންޓަރ ސާރކަލް އާ ހިސާބަށެވެ. އޭނާއަށް އިތުރަށް ފަރުވާ ދިނުމަށް ސްޓްރެޗަރގައި ދަނޑުން ބޭލުމަށްފަހު، ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ދަނޑުން ބާލާފައެވެ. އަދި އެއަށްފަހުން ރެފްރީ ސިމޮން ހޫޕަރ ނިންމީ އެ ވަގުތުން ފެށިގެން މެޗުގެ ކުޅުން ސަސްޕެންޑް ކުރުމަށެވެ

މެޗުގެ ކުޅުން ހުއްޓުނު އިރު، ދެ ޓީމު ވެސް އޮތީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ލުޓޯންގެ އެލިޖާ އަޑެބަޔޯ ގޯލެއް ޖަހާފައިވަނިކޮށް، ބޯންމައުތަށް މެޗު ހަމަހަމަ ކޮށްދިނީ ޑޮމިނިކް ސޮލަންކީއެވެ

ހަބަރުތައް ބުނާ ގޮތުން، މިއީ ލޮކްޔަރއަށް ހާޓްއެޓޭކެއް ޖެހުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަހަރު އޭނާއަށް ހާޓްއެޓޭކެއް ޖެހިފައިވަނީ މިދިޔަ ސީޒަންގެ ޕްލޭ އޮފް މެޗެއްގައެވެ. އަދި ހިތުގެ އޮޕަރޭޝަނެއް ކޮށްފައި، އޭނާއަށް ކުޅެވޭނެކަމަށް ޑޮކްޓަރުން ބުނުމުން، ލޮކިޔަރ އަނބުރާ ދަނޑަށް ނިކުމެފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.