Advertisement

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ވޯޓު ގުނުމުގެ ތެރެއިން --

16 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ޕީޕީއެމްއިން 3 ގޮނޑި ކާމިޔާބުކޮށްފި

މިއަދު ބޭއްވި، ބައި އިލެކްޝަންތަކުގައި، ކެލާ ކައުންސިލާއި މާފަރު ކައުންސިލްގެ ގޮނޑި އާއި މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިޔަށް ދިޔަ މިއިންތިޚާބުތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާއްމުކޮށްފައެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ކެލާ ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑީގެ ބައި އިލެކްޝަންގައި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް ޚަދީޖާ މައުރިފާ އެގޮނޑި ކާމިޔާބު ކުރެއްވީ، 402 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި، އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާއަށް ލިބުނީ، 367 ވޯޓެވެ. މީގެ އިތުރުން ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އެގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީޕީއެމްގެ ކެންޑީޑޭޓް މުހައްމަދު އަބޫބަކުރެވެ. އޭނާއަށް 239 ވޯޓު ލިބުނު އިރު އޭނާއާ ވާދަކުރި އެމްޑީއޭގެ ކެންޑިޑޭޓް މުސްލިމް މުހައްމަދަށް ލިބުނީ، 90 ވޯޓެވެ. މީގެ އިތުރުން ނ. މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަން 217 ވޯޓާއިއެކު ކާމިޔާބުކޮށް އެގޮނޑި ކަށަވަރުކޮށްފައި ވަނީ ޕީޕިއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާއިރާއެވެ. އޭނާ އާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަސްރާރު ހަސަންއަށް ލިބުނީ 113 ވޯޓެވެ.

މީގެ އިތުރުން މިއަދު ބޭއްވި، އދ. ހަންޏާމީދޫ ކައުންސިލްގެ ބައި އިލެކްޝަންގައި، އެގޮނޑި ކާމިޔާބުކޮށްފައި ވަނީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް މުޙައްމަދު ޔާސިރެވެ. އޭނާ އާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު ވަޙީދަށް ލިބުނީ 169 ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.