Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

16 Dec 2023
ޚަބަރު
ޝިފްނާ އަޙްމަދް

ޑޮކްޓަރެއްގެ ލަފައެއް ނެތި އަހަރަކު 1 ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތައް އުސޫލަށް ބަދަލުގެނެސްފި

އާސަންދައިގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނީ ހަމައެކަނި ޑޮކްޓަރެއް ލަފާ ދިނުމުން ކަމަށް ކަނޑައަޅައި އުސޫލު އެކުލަވާލައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ޢާންމުކުރި ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޮރުކޮށްދިނުމާ ގުޅޭ އުސޫލުގައި ބުނެފައިވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެންވާނެކަމަށެވެ. މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވަކިވަކި ޢުމުރުފުރާތަކަށް ޚާއްޞަކޮށް އާސަންދަ ކުންފުނިންކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ ޢުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭނެކަމަށެވެ. އަދި ޑޮކްޓަރެއްގެ ލަފާގެދަށުން މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށްވެސް މެޑިކަލް ޗެކަޕް ހެދިދާނެކަމަށް އުސޫލުގައިވެއެވެ.

މި އުސޫލުގައި ބުނެފައިވަނީ މެޑިކަލް ޗެކަޕް ފުރިހަމަކަމަށް ބެލެވޭނީ ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތްތައް ލިބިގަތުމުންކަމަށެވެ. މެޑިކަލް ޗެކަޕްގެ ގޮތުގައި ފޯރުކޮށްދޭ ޚިދުމަތުގެ ނަތީޖާ އާސަންދަ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާކުރަންވާނެކަމަށްވެސް އުސޫލުގައިވެއެވެ. މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރުގެ ހޮސްޕިޓަލުތައް އަދި ސިއްޙީ މަރުކަޒުތައް މެދުވެރިކޮށްކަމަށް ބުނެފައިވެއެވެ.

އާސަންދައިގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ މަގުފަހިކޮށްދިނުމަށްޓަކައި ހަތަރު ހަފްތާގެ ތެރޭގައި ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރުމަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު 'ހަފްތާ 14'ގައި ވަނީ ހިމަނާފައެވެ.

މި އުސޫލުގައި ބުނެފައިވާގޮތުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިނގާ ޚަރަދު، ސްކީމް މެދުވެރިކޮށް ހަމަޖައްސައިދެވޭނީ އެކަމަށް އެދި ހުށައެޅުމަށްފަހު، އެކަމަށް ހުއްދަ ލިބިގެންވާ ފަރާތްތަކަށްކަމަށެވެ.

ހޮސްޕިޓަލު ބަދަލުކުރުމަށް އެދޭ ޙާލަތުގައި އަގަށް އަންނަ ބަދަލު %10އަށް ވުރެ ކުޑަނަމަ، އިތުރު ޚަރަދަކާ ނުލައި އެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ. ނަމަވެސް %10އަށްވުރެ ބޮޑުނަމަ އިތުރުވާ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށް އުސޫލުގައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.