Advertisement

18 Apr 2021
ރިޕޯޓް
ޢަލީ ސުލައިމާން

އާސަންދަ ސްކީމްގެ ތެރެއިން ކުރެވޭ ބޭހުގެ އިސްރާފާއި އޭގެ ގެއްލުން

ސަރަހައްދީ ޤައުމުގެ ތަކުގެ ތެރެއިން ވެސް ޤައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ހެލްތު އިންޝުއަރެންސް ނިޒާމެއް ޤާއިމް ކުރެވިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އިޤުތިޞާދީ ހާލަތަށް ބަލާއިރު އާސަންދައަކީ ދައުލަތަށް ބޮޑު ބުރައެއް ކަމަށް އިޤުތިޞާދީ މާހިރުން ބުނަމުން ދަނީ މިސްކީމުގެ ތެރެއިން ކުރެވޭ އިސްރާފާއި ނާޖާއިޒް ބައެއް ފަރާތްތަކުން ނަގާ ނާޖާއިޒް ފައިދާތަކުގެ ސަބަބުންނެވެ. މިކަން ހުއްޓުވަން ކުރަންވީ ކަމަކީ ކޮބައިބާ؟

ދިވެހިރާއްޖޭގެ ސިއްޚީ ނިޒާމަށް، އަދި ރައްޔިތުންނަށް ބޭސްފަރުވާކުރުމުގައި އުފުލަންޖެހުނު ބުރަތަކާއި ތަކުލީފްތަކަށް ނިމުމެއް ގެނައީ، 2011 ވަނަ އަހަރު ތަޢާރަފްކުރެވުނު، އާސަންދަ ހެލްތު އިންޝުއަރެންސް ނިޒާމާއިއެކުގައެވެ. އެހެންނަމަވެސް ރައްޔިތުންގެ ބުރަ ލުއިވި އިރު ދައުލަތަށް ޖެހުނު ބުރަ އަނެއްކާވެސް ގޮސް މިހުއްޓެނީ ރައްޔިތުންނަށް އުފުލަންޖެހޭ ބުރައެއްގެ ގޮތުގައެވެ. އެއީ ދައުލަތުގެ ބަޖެޓަށް އުފުލަން ޖެހޭ ބުރައިގެ ސަބަބުން ތަރައްޤީއަށް ހޭދަކުރުމަށް ރައްކާކުރެވިދާނެ އެތައް މިލިޔަން ރުފިޔާއެއް އާސަންދަ ސްކީމުގެ ތެރެއިން ބޭކާރުވެ ގެއްލިގެންދާތީއެވެ. ސުވާލަކީ މިހެން ވަނީ ކީއްވެތޯއެވެ.

2011 ވަނަ އަހަރު އާސަންދަ އުފެއްދުމަށް ފަހު، ކުންފުނީގެ ޚިދުމަތައް ވަނީ އިތުރުކޮށްފައެވެ. 2012 ވަނަ އަހަރު، އާސަންދައިގެ ދަށުން ޔުނިވާސަލް ހެލްތު އިންޝުއަރެންސް ސްކީމް ތަޢާރަފްކުރެވުނެވެ. 2014 ވަނަ އަހަރު ހުސްނުވާ އާސަންދައިގެ ނަމުގައި އާސަންދަ ސްކީމް އަލުން ލޯންޗު ކުރެވުނެވެ. އަދި 2015 އަހަރު ކުންފުނީގެ ހިންގުމަށް ބަދަލު ގެނައިރު، 2016 ވަނަ އަހަރު އެކުންފުނީގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް ހިންގާގޮތަށް ހަމަޖެއްސިއެވެ. 2019 ވަނަ އަހަރު އާސަންދައިގެ ދަށުން މެރަނާ ސްކީމް ތަޢާރަފް ކުރި އިރު، 2020 ވަނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް ވަނީ ތަޢާރަފްކޮށްފައެވެ. 

އާސަންދައިގެ މޮބައިލް އެޕްލިކޭޝަންގެ ބޭނުމަކީ، ސްކީމް ރަނގަޅަށް މޮނީޓަރކޮށް ބެލެހެއްޓުމެވެ. މިކަމަށް ދިވެހި ކޮންމެ ރައްޔިތެއްގެ އެހީ އާއި އެއްބާރުލުން ބޭނުންވެއެވެ. މިގޮތުން އާސަންދަ އެޕް މެދުވެރިކޮށް އާސަންދައިން ތިމާ ހޯދާފައިވާ ޚިދުމަތްކާއި ޚަރަދުތައް ބަލާލެވޭނެއެވެ. އަދި ފާމަސީތަކާއި ޚިދުމަތްދޭ އެހެން ތަންތަނުން ހިންގާ ނާޖާއިޒް ފައިދާ ހޯދުމުގެ އަމަލުތައް ދެނެގަނެ ރިޕޯޓް ކުރެވޭނެއެވެ.

" އަޅުގަނޑުމެންގެ އެޕްލިކޭޝަން ލޯންޗު ކުރި ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު، ރައްޔިތުން، ޕޭޝަންޓުންގެ ފުށުން އަޅުގަނޑުމެންނަށް ކޮމްޕްލައިން އޭގެ ތެރެއިން ލޮޖް ކުރެވުނު. އެބޭފުޅުން ނުނަގާ ބޭހަކަށް ބިލްކޮށްފައި  ހުންނަ ކަންކަމާއި، އެބޭފުޅުންނަށް ދިން އަދަދަށްވުރެ އިތުރަށް ސިސްޓަމްތެރެއިން ފެންނަން މިހުންނަނީ" އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އޮފް މެޑިކަލް ކްލައިމްސް އިންވެސްޓިގޭޝަން، މަރިޔަމް ފަޔާޒާ ވިދާޅުވިއެވެ.

އާސަންދަ ސްކީމުގެ ތެރެއިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާއި މެދު، އާސަންދަ ކުންފުނިން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. 2020 ވަނަ އަހަރު 6 ފާމަސީއެއް ސަސްޕެންޑްކުރި އިރު، 2019 ވަނަ އަހަރު، 18 ފާމަސީއެއް ސަސްޕެންޑް ކުރެވުނު އިރު، އައިނުގެ ޚިދުމަތްދޭ، ޝޮޕްމޯ އޮޕްޓިކަލްސް އާއިއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށް ކަމާއި ބެހޭ ފަރާތްތަކަށް ވަނީ ހުށައަޅާފައެވެ.

އާސަންދައިގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފާމަސީތަކަށް ކަމަށް ވާއިރު، ހުސްވިއަހަރުވެސް 700 މިލިއަން ރުފިޔާ ވަނީ ފާމަސީތަކުން ރައްޔިތުން ނެގި ބޭހާއި، އެހެނިހެން ތަކެއްޗަށް ދައްކާފައެވެ. އާސަންދަ ސްކީމުގެ ތެރެއިން ބޭސް ފިހާރަތަކުން ބޭސްވިއްކުމުގައި އަގު ތަފާތުކޮށް ހުރުމުން އެއްއަގަށް ގެނައުމަށް ކުރި މަސައްކަތުން، އާއްމުކޮށް ބޭނުންކުރާ އެންމެ ބޭހެއްގެ އަގު ދައްކުރުމުން އަހަރަކު 12 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭ ކަމުގައި އާސަންދަ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން 2019 ވަނަ އަހަރު ހުރިހާ ފާމަސީތަކުންވެސް އާސަންދައަށް ބޭސް އެއްއަގެއްގައި ދޫކުރުމަށް އެއްބަސްވެފައި ވާއިރު، އެންމެ އާމުކޮށް ބޭނުންކުރާ 100 ބޭހެއްގެ އަގު ދަށްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެހެންވީމާ އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް އާއްމުންނަށް ކޮށްދެވޭނީ ކޮންކަމެއް؟

އާސަންދައިގެ ތެރެއިން ކުރެވޭ ބޭހުގެ އިސްރާފު ބޮޑުވުމަކީ، ސްކީމުގެ ތެރެއިން ރައްޔިތުންގެ އެތައް ބައިވަރު ޓެކްސް ފައިސާއެއް އިސްރާފްވެގެންދާ އެއް ސަބަބެވެ. ބޭހުން ތިޔަ ބޭފުޅާ އިސްރާފު ކުރައްވަންތޯ؟ އެއް ބައްޔަކަށް އެތައް ބައިވަރު ޑޮކްޓަރުންނަށް ދައްކައިގެން އެތައް ބައިވަރު ބޭހެއް ނަގައި ބޭނުން ނުކުރެވި އުކާލައްވަމުތޯ؟

އާސަންދައިން 100 ރުފިޔާގެ ބޭސް ނަންގަވައި ބޭނުންނުކޮށް ތިބޭފުޅާ އުކާލި ނަމަ، އަދި އާސަންދަ ސްކީމުގެ ބައިވެރިންގެ ތެރެއިން 200،000 މީހުން އެގޮތަށް އަމަލު ކުރިނަމަ، އެއުކާލެވުނީ 20 މިލިޔަން ރުފިޔާގެ ބޭހެވެ. އެއީ ވިސްނާ ނުލައި އިސްރާފުކޮށްލެވޭ ޓެކްސް ފައިސާއެވެ. 20 މިލިޔަނަކީ، ރާއްޖޭގެ ރަށެއްގައި ފެނާ ނަރުދަމާ އެޅޭނެހައި ފައިސާއެވެ.

ސްކީމުގެ ޚަރަދު ކުޑަކުރުމަށް ނުވަތަ ދައުލަތުގެ ބަޖެޓަށް މިޚަރަދު ކުޑަކުރުމަކީ ހަމައެކަނި އާސަންދައިން ކުރެވޭނެ ކަމެއް ނޫނެވެ. އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި، ސަރުކާރާއި އާސަންދަ ކުންފުންޏާއި، ރައްޔިތުންގެ ޒިންމާ އެބައޮތެވެ. އާސަންދަ ސްކީމުގެ ތެރެއިން ހިނގާ ޚަރަދުތައް ބޮޑުވެ އިސްރާފު ގިނަ ވުމަކީ، ސީދާ ގޮތުންނާއި ނުސީދާގޮތުން ސީދާ ރައްޔިތުންނަށް އެކަމުގެ އަސަރު ފޯރާނެ ކަމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.