Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން --

15 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލޭ ސިޓީ ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ.

މާލޭ ސިޓީ ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި، ގުރުއަތު ނެގުން އޮންނާނީ، މާދަމާ 11 ޖަހާއިރު، އިންތިޚާބާއި ބެހޭ މަރުކަޒު ދަރުބާރުގޭގައި ކަމަށެވެ. އެކޮމިޝަނުން ވިދާޅުވީ ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް،  ގުރުއަތުނަގާ ތަނަށް ކެންޑިޑޭޓަކަށް ހާޟިރު ނުވެވޭ ނަމަ ބަދަލުގައި ފޮނުއްވަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ކެނޑިޑޭޓުންވެސް އަދި ކެނޑިޑޭޓުގެ ފަރާތުން ބޭފުޅަކުވެސް ހާޟިރު ނުވާނަމަ ގުރުނަގާނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ކަމުގައި އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، މާލޭ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި، ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވުންނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ 3 ދާއިރާއެއްގެ ގޮނޑި ހުސްވީ ޑރ. މުޢިއްޒުގެ ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށްޓަކައި އެދާއިރާތަކުގެ ގޮނޑިތަކުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.