Advertisement

10 May 2021
ރިޕޯޓް
ޢަލީ ސުލައިމާން

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާ

ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން ރާއްޖެއަށް އޮތް މިންވަރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ސަލްޓަންޕާކުގައި އައިއީޑީއެއް ގޮއްވާލި ހާދިސާއިންނެވެ. އޭގެ ފަހުން ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި، މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއިން، ރާއްޖޭގައި ދީފާނެ ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން މިވަނީ އިތުރުވެފައެވެ. ސުވާލަކީ، ރައީސް ނަޝީދަށް އަމާޒުކޮށް މިދިން ހަމަލާގެ ސަބަބުން ދެން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯއެވެ.

މެއި 6 ވަނަ ދުވަހުގެރޭގައި، ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ، ނީލޯފަރު ހިނގުމާއި، މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. ހަމަލާދީފައި ވަނީ ރައީސް ނަޝީދު ހިންގަވާފައި ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އެއްޗެއް ގޮއްވާލައިގެންނެވެ. ސައިކަލު ގޮއްވާލި އަޑާއި ގުޑުން ބޮޑު ސަރަހައްދަކަށް ފެތުރިގެން ދިޔައެވެ. މިހަމަލާގައި ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުންގެ އިތުރުން އާއްމު ދެމީހުންނަށާއި، ބިދޭސީއަކަށެވެ. އަނިޔާވި ބިދޭސީ މީހާއަކީ އިނގިރޭސި ރައްޔިތެކެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގޮވުމުގެ ބާރު ހުރީމައްޗަށެވެ. ހަމަލާދިނުމަށް ބޭނުން ކުރި އައިއީޑީން ލިބޭ ގެއްލުން ބޮޑުކުރުމަށް އޭގެ ތެރެއަށް ރޭޒާފުށްތަކެއް އަޅާފައި ވާއިރު، އައިއީޑީ ގޮއްވާލާފައި ވަނީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެންކަމަށް ވަނީ ބެލެވިފައެވެ. ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލު ހުރީ، ކަންމައްޗަކަށް ވާގޮތަށް ޕާކްކޮށްފައެވެ. މިހަމަލާއަކީ ދުރާލައި ރޭވިގެން ދީފައިވާ، ހަމަލާއަކަށް ވާއިރު، ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ، ގޭގައި ހަދާފައިވާ، އައިއީޑީއެކެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީއަކީ، 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އައިއީޑީއެކެވެ.

ރައީސް ނަޝީދަށް ދެވުނު މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމުގައި ފުލުހުން ހާމަކޮށްފައި ވާއިރު، އެކަމާއި ގުޅިގެން ހަތަރު މީހަކަށް ތުހުމަތު ކުރެވިފައިވާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ބުނެފައި ވަނީ، ހަމަލާ ދިނުމަށް ބޭނުންކުރި، ސައިކަލާއި އެއާއި ގުޅޭ ސައްޙަ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު އަވާހަރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅިގެން ދިވެހިރާއްޖެއަށް، އެކިގޮތް ގޮތުން ގެއްލުންތައް ލިބޭނެ ކަމީ ކަށަވަރުކަމެކެވެ. މިގޮތުން ރާއްޖޭގެ ޓުއަރިޒަމަށް ކުރާނެ އަސަރާއިއެކު، އިޤުތިޞާދަށްވެސް ގެއްލުންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ރާއްޖެއަށް އޮތް ޓެރަރިޒަމްގެ ބިރު ބޮޑުކަން ވަނީ ހާމަވެފައެވެ.

ރައީސް ނަޝީދަށް ދެވުނު މިހަމަލާ އާއި ގުޅިގެން، ތަފާތު އެކިގޮތް ގޮތަށް ވާހަކަ ދެކެވި އެކި ފަރާތްތަކަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. އެކަމަކު ސުވާލަކީ، މިފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ހަމަލާދޭ ފަރާތްތަކަށް ހާސިލް ވަނީ ކޮންކަމެއްތޯއެވެ.

މިހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޖިސްމާނީ ގެއްލުމަށް ވުރެ މުޅި ދިވެހިރާއްޖެއަށް ލިބިގެން ދިޔަ ގެއްލުން މާބޮޑެވެ. ރައީސް ނަޝީދަށް ހަމަލާދިނީ ކޮންބައެއް ކޮން މަޤުޞަދެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި މިފަދަ ހަމަލާތައް ދިނުމާއި ރޭވުމުގައި އެންމެ ބޮޑު ދައުރެއް އޮތީ ހަރުކަށި ދީނީ މީހުންގެ ފަރާތުންނެވެ.

ފުލުހުންނާއި ސިފައިންވެސް ފާހަގަކޮށްފައިވާ ގޮތުގައި، އައިއީޑީތައް ހަދައި ގޮއްވުމުގެ ޤާބިލްކަން ހުރި މީހުންނާއި، ހަނގުރާމަތަކުގައި ބައިވެރިވެ އެނބުރިއައިސް މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއި އެކު އުޅޭ މީހުންގެ ސަބަބުން މުޖުތަމައަށް އޮތް ނުރައްކާ ބޮޑެވެ. އެހެން ކަމުން މިހާރުގެ ހާލަތަށް ބަލައި އަވަސް ފިޔަވަޅުތަކެއް ވަނީ އަޅަންޖެހިފައެވެ. އެހެން ނޫންނަމަ ހާލަތު މާބޮޑަށް ގޯސްވެދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.