Advertisement

އެފްއޭއެމްގެ ރައީސް ބައްސާމް

12 Dec 2023
ކުޅިވަރު

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފީފާއިން ކަނޑައެޅި ބަޖެޓުގެ އެއްބައި ޖަމާކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް މިހާތަނަށް ނުދީ ހުރި މުސާރަތައް ހަމަޖެއްސުމަށް ފީފާއިން ތިން ލައްކަ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާ، އޭގެ ތެރެއިން އެއްލައްކަ ޑޮލަރު އެ އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާކޮށްފިއެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް ހާމަކުރައްވާފައިވާގޮތުން ފީފާއިން މި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އަދި ފުރަތަމަ މަރުހަލާގައި ދިނުމަށް ކަނޑައެޅި 100،000 ޑޮލަރު އެފްއޭއެމްގެ އެކައުންޓަށް މިހާރު ވަނީ ޖަމާކޮށްފައެވެ. އަދި މި ފަންޑުގެ ބާކީ އަދަދު އެފްއޭއެމްއަށް ފޮނުވާނީ، އެއްލައްކަ ޑޮލަރު މުސާރަ ދިނުމަށް ހަރަދު ކުރުމަށްފަހު، މުސާރަ ދިންކަން ކަށަވަރުވާނެ ލިޔެކިޔުންތައް ފީފާއަށް ފޮނުވުމުންކަމަށް މި ނޫހަށް މައުލޫމާތު ލިބެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ބަނގުރޫޓުވެ، މުވައްޒަފުންގެ މުސާރަ ނުދޭތީ ރާއްޖޭގެ ފުޓުބޯޅައިގެ ގިނަ ހަރަކާތްތަކެއް އޮތީ މިހާރު ހުއްޓުމަކަށް އައިސްފައެވެ. އަދި ގިނަ މުވައްޒަފުން މިހާރު އެހެން ވަޒީފާތަކަށް ބަދަލުވެފައިވާކަމުގެ ހަބަރުތައްވެސް ވަނީ ފެންމަތިވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.