Advertisement

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން: ކޮމިޝަނުން ވަނީ މިއަދު ބައެއް ކެންޑިޑޭޓުން ޖޫރިމަނާކޮށްފައި ---

11 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ޖޫރިމަނާކޮށްފި

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި, އުމަރު ނަސީރާއި، އިލްޔާސް ލަބީބާއި، ޒަމީލާއި، ފާރިޝް މައުމޫނާއި، ކާނަލް ނާޒިމާއި، އެބޭފުޅުންގެ އިންތިޚާބީ އޭޖެންޓުން ޖޫރިމަނާކޮށް އެފައިސާ އިލެކްޝަންސް ކޮމިޝަނުން އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފިއެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ ކެންޑިޑޭޓަކު ޖޫރިމަނާކޮށްފައި ވަނީ 20000ރ އިންނެވެ. އަދި އެއިން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބީ އޭޖެންޓް ޖޫރިމަނާކޮށްފައި ވަނީ 6000ރ އިންނެވެ.

އިިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ)ގެ ދަށުން ކެންޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ޖޫރިމަނާކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެކެނޑިޑޭޓުންގެ މާލީ ބަޔާންތައް ފުރިހަމަކޮށްފައި ނުވާތީއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާންތައް ފުރިހަމަ ނުވެގެން ޖޫރިމަނާކުރި ކެންޑިޑޭޓުންނަކީ؛

1- ޢުމަރު ނަސީރު (އަމިއްލަ ގޮތުން)

2- ޙަސަން ޒަމީލް (އަމިއްލަ ގޮތުން)

3- އަހްމަދު ފާރިޝް މައުމޫން ( އަމިއްލަ ގޮތުން)

4- އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)

5- މުޙައްމަދު ނާޡިން (އެމްއެންޕީ)

އިލެކްޝަންސްކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުންގެ ތެރެއިން، އިންތިޚާބު ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުޢިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމްވެސް ވަނީ ކޮމިޝަނަށް މާލީ ބަޔާންތައް ފުރިހަމަކުރައްވައި ހުށައަޅުއްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.