Advertisement

އަބްދުއްރަޙީމާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު މޫސާ ސިރާޖު -- ފޮޓޯ: ދެން އޮންލައިން

11 Dec 2023
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ޢަބުދުއްރަހީމް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ޢަބްދުﷲ ހާމަކުރައްވައިފިއެވެ.

އަބުދުއްރަހީމް ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެކަން މިއަދު އިޢުލާނު ކުރެއްވި އިރު، އެދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމްއަށް ސޮއެކުރެއްވީ، ހުސްވި ސެޕްޓެމްބަރު މަހުގެ، 26 ވަނަ ދުވަހުގައެވެ.

ޢަބުދުއްރަހީމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ވަނީ ވެސް ފޮނަދޫ ދާއިރާއަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަބުދުއްރަހީމް ވަނީ ފޮނަދޫ ދާއިރާގެ ގޮނޑި ފުރުއްވާފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވައި، ޢަބުދުއްރަހީމްގެ މައްޗަށް ކުރި ހޯއްދެވީ، މިހާރު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މޫސާ ސިރާޖެވެ.

ބެލެވޭ ގޮތުގައި އަބުދުއްރަހީމް އެދާއިރާއަށް ނުކުތުމަށް މިނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ވީހާވެސް ގިނަ ގޮނޑިތަކެއް ޕީޕީއެމް ޕީއެންސީއަށް ކާމިޔާބު ކުރުމުގެ ގޮތުން، ފޮނަދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް ކަށަވަރު ކުރެއްވުމަށްޓަކައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.